ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގުހެޔޮ ކޮށްފިއެވެ.
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓްގެ އަގުހެޔޮ ކޮށްފައިވަނީ ރޯދައަށް ހާއްސަކޮށްގެން ތައާރަފްކުރި ޕްރޮމޯޝަންއެއްގަ އެވެ.
މި ޕްރޮމޯޝަންގެ ދަށުން، ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކަށް ބަލާއިރު، މި ފެއާގައި އެއްކޮޅު ޓިކެޓުގެ އަގުތައް އުޅެނީ:
ސ. ގަމަށް އެއްކޮޅު ޓިކެޓު – 1،222ރ.
ފުވައްމުލައް އެއްކޮޅު ޓިކެޓު – 1،155ރ.
ގދ. ކާޑެއްދޫ އެއްކޮޅު ޓިކެޓު – 1،333ރ.
ގއ. ކޫއްޑޫ އެއްކޮޅު ޓިކެޓު – 1،111 ރ.
ލ. ކައްދޫ އެއްކޮޅު ޓިކެޓު – 1،055ރ.
ނ. މާފަރު އެއްކޮޅު ޓިކެޓު – 999ރ
ރ. އިފުރު އެއްކޮޅު ޓިކެޓު – 999ރ.
ހދ. ހަނިމާދޫ އެއްކޮޅު ޓިކެޓު – 1،111ރ.
މި ފެއާގެ ދަށުން އެކުންފުނީގެ ޓިކެޓިން އޮފީސްތަކާއި ވެބްސައިޓު މެދުވެރިކޮށްވެސް ޓިކެޓް ބުކްކޮށްލެވޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
މޯލްޑިވިއަނުން ހާއްސަ އަގުތަކެއްގައި ޓިކެޓް ވިއްކަން ފެށި އިރު، އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ މި ސަރުކާރުން ވެފައިވާ ވައުދެކެވެ.









