Search Streamline Icon: https://streamlinehq.com

ފުލުހުންގެ ބެލުމުގެދަށުގައިހުރި ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ

Dhivehi faisaa fenvaru online

ހޮވައިގެން ގެންގޮސް ފުލުހުންގެ ބެލުމުގެދަށުގައި ހުރި ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފައްޓަވައިފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރައްވަމުންނެވެ.

މިހިނގާ މާރިޗު މަހުގެ 14 ވަނަ ދުވަހު، ދޮންއަދަރާދަ ހިނގުން ގ.ރެސްރޯން ކުރިމަތިން ހޮވައިގެން ގެންގޮސްފައިވާ 10،000 ރުފިޔާ. އިންސިޑެންޓް ނަންބަރު 591082 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަމަށާއި، މި ފައިސާތަކުގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފަ އެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުމަށްވެސް ފުލުހުން އެދިލައްވަ އެވެ.

ފުލުހުން ވިދާޅުވީ މި ހިނގާ މާރިޗުމަހުގެ 16 ވަނަ ދުވަހު މ. ހިޖާޒު ކައިރިން ހޮވައިގެން ގެންގޮސްފައިވާ 700 ރުފިޔާ އިންސިޑެންޓް ނަންބަރު 591291 ވެސް  ފުލުހުްނގެ ބެލުމުގެ ދަށުގައި ހުރިކަމަށާއި، މި ފައިސާތަކުގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ މި ފައިސާއާ ހަވާލުވެލެއްވުމަށްވެސް ފުލުހުން ވަނީ އެދިލައްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *