ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމަކީ މުޅި ދުނިޔެވެސް ޖެހިލުންވެ ބިރުގަންނަ ނަކަމަށް ވެފައިވާ ކަމަށާއި، ޚާއްސަކޮށް ޕޯޗުގަލްގެ ނަން އިވުނަސް މުޅި ދުނިޔެ ސިހުންވެ ބިރުގަންނަކަމަށް މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގީޒް މިޑްފީލްޑަރ ބުރޫނޯ ފެނާންޑީސް ބުނެފިއެވެ.
ޕޯޗުގަލްގެ މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި ވާހަކަ ދައްކަމުން ފެނާންޑޭސް ބުނީ ޕޯޗުގަލްގެ އެންމެ ކާމިޔާބު ކެޕްޓަން އަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށާއި މިއަދު މުޅި ދުނިޔެއަށް ވެސް ޕޯޗުގަލް ޚާއްސަވަނީ ވެސް ރޮނާލްޑޯގެ ސަބަބުންކަމަށެވެ.
ބުރޫނޯ ފެނާންޑޭސް ބުނީ ޕޯޗުގަލްގެ ނަން އަޑު އިވުނަސް މުޅި ދުނިޔެއަށް ވެފައިވަނީ ބޮޑު ބިރަކަށް ކަމަށާއި، ދުނިޔޭގައި ޕޯޗުގަލް ދެކެ ޖެހިކުން ނުވާ ހަމަ އެއްވެސް ގައުމެއް ނެތްކަމަށެވެ. މިކަމުގެ އަސްލަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ބުރޫނޯ ފެނާންޑޭސް ވަނީ ބުނެފައެވެ.
“ ޕޯޗުގަލް މިއަދު ދުނިޔޭގެ އެންމެ ވަރުގަދަ ނަން، އެނަން އަޑުއިވުނީމަ މުޅި ދުނިޔެވެސް ޖެހިލުންވެ ބިރުގަނޭ. ޕޯޗުގަލް އަށް ޚާއްސަ ސަމާލިކަމެއް ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ދޭ. ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯ. ރޮނާލްޑޯ އަށް މުޅި ޕޯޗުގަލް ފަޚުރުވެރިވޭ.“ ބްރޫނޯ ފެނާންޑޭސް ބުނެފައިވެއެވެ.
ބުރޫނޯ ފެނާންޑޭސް އަކީ ރޮނާލްޑޯއާއި އެންމެ ޒާތީވެ، ރުޅިއަންނަ އެކަކުކަމަށް ރޮނާލްޑީގެ ސަޕޯޓަރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ދެކެއެވެ. ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށް ދާން ޖެހުމާއި އެންމެ ފަހުން ބޭއްވުނު ވޯލްޑްކަޕް މުބާރާތުގައި ޕޯޗުގަލްގެ ފުރަތަމަ އެގާރައިން ފުރުސަތު ނުދީ ބެންޗުގައި އިންނަން ޖެހުމަކީވެސް ބުރޫނޯ ފެނާންޑޭސް ގެ ރޭވުމެއްކަމަށް ރޮނާލްޑޯގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.









