Search Streamline Icon: https://streamlinehq.com

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް

Muiizu sajidha

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ނުރަސްމީ ދަތުރުފުޅެއްގައި ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅާ ގުޅޭގޮތުން އިތުރު އެއްވެސް މަޢުލޫމާތެއް ރައީސް އޮފީހުން އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެ އެވެ. އެހެންކަމުން މިއީ ކިހާ ދުވަހަކަށް އެ ދެކަނބަލުން ކުރައްވާ ދަތުރުފުޅެއްކަމެއް އަދި ޔަޤީނެއްނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މީގެ ކުރިންވެސް ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ނިމިދިޔަ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ މަނިކުފާނު އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނެވި އިރުވެސް އެ ދެކަނބަލުން ވަނީ ހަފުތާއެއްހާ ދުވަހަށް ސިންގަޕޫރަށް ދަތުރުފުޅެއް ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްސު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވުމަށް ފަހު، އެމަނިކުފާނު އެންމެ ފުރަތަމަ ދަތުރުފުޅެއް ކުރެއްވީ ތުރުކީ ވިލާތަށެވެ. އެއަށް ފަހު، އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވާފައިވަނީ ރިޕަބްލިކް އޮފް ޗައިނާ އަށެވެ.

ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ޙަވާލުވެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި އެމަނިކުފާނު ވަނީ 3 ޤައުމަކަށް ރަސްމީ ދަތުރުފުޅު ކުރައްވާފަ އެވެ. އެމަނިކުފާނު ދަތުރުފުޅު ކުރެއްވި ޤައުމުތަކުގެ ތެރޭގައި ތުރުކީވިލާތަށް އެފަހަރު އެކުވެރި އަރަބި އިމާރާތަށް ދެ ފަހަރެއްގެ މަތީން ވަނީ ދަތުރުފުޅު ކުރައްވާފަ އެވެ. މީގެ އިތުރުން ޗައިނާއަށްވެސް ވަނީ ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *