Search Streamline Icon: https://streamlinehq.com

ކެމްޕޭނުގައި އުޅެނިކޮށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝަށް ހަމަލާދީފި

Nareesh

ކެމްޕޭނުގައި އުޅެނިކޮށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝަށް ހަމަލާދީފި އެވެ.

ނަރީޝް އަށް ހަމަލާދީފައިވަނީ މިއަދުގެ ވަގުތެއްގައި ގއ. ކޮލަމާފުށިންނެވެ.

ނަރީޝްއާއި ހަވާލާދިންކަމަށް ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި ބުނެފައިވަނީ ނަރީޝް ކޮލަމާފުށީ ބަނދަރަށް ފޭބިތަނުން މީހަކު އައިސް ގޮށްމުށް ކަވާފައި އޭނާގެ ބުރަކަށްޓަށް ދެ ފަރަހަށް ހަމަލާދީގެން ކަމުގަ އެވެ.

ނަރީޝްއަށް ދިން ހަމަލާއާއި ގުޅިގެން އިތުރަށް ބުނީ ނަރީޝް ގެ ބުރަކަށިމަތީގައި ދެފަހަރަށް ގޮށްމުއްކަވާފައި ޖެހުމަށް ފަހު ހޮޅިބުރިއަކުން ވެސް ހަމަލާދޭން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެތަނުގައި އެވަގުތު ތިބި މީހުން އެމީހާ ހުއްޓުވީކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ނަރީޝްއަށް ހަމަލާދިން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *