Search Streamline Icon: https://streamlinehq.com

ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މި ސަރުކާރުން ވަނީރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފައި: ޝާހިދު

DSC 9689 scaled

ކުޑަރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް ހުރިހާ ރަށަކަށް އިސްކަންދީގެން އެމްޑީޕީ ސަރުކާރުން ހިންގަން ފެށި ހުރިހާ މަޝްރޫއުތަކެއް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހުޢްތާލައިފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއިދު ހޯދަން ޝާހިދު ކުރައްވާ ދަތުރުގެ ތެރެއިން ދިއްގަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ކުޑަރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް ހުރިހާ ރަށަކަށް އިސްކަންދީގެން އެމްޑީޕީ ސަރުކާރުން ހިންގަން ފެށި ހުރިހާ މަޝްރޫއުތަކެއް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހުޢްތާލައިފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، މާލެ ސަރަހައްދަށް އާބާދީ ތޮއްޖެއްސުމުގެ ސިޔާސަތެއް މިއަދުގެ ސަރުކާރުން ގެންގުޅޭ ކަމަށާއި ނަމަވެސް އެ މިސްރާބު ބަދަލުކޮށް، ރަށްރަށް ބާކީކުރިޔަ ނުދީ މިސްރާބު ހަމަމަގަށް އެޅުވުމަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ޝާހިދު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައިއެވެ. 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *