Search Streamline Icon: https://streamlinehq.com

އަހަރެންގެ މުސްތަޤުބަލާއި މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނަން: ޓޯނީ ކްރޫސް

Download

މުސްތަޤުބަލާމެދު ވަރަށް އަވަހަށް ގޮތެއް ނިންމައި އެކަން ހާމަކުރާނެކަމަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނެފި އެވެ.

ކްރޫސް މިހެން ބުނީ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގަައި ޖަރުމަނުން ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. އެ މެޗަކީ ޤައުމީ ޓީމުން ރިޓަޔާ ކުރުމަށްފަހު، އަލުން އެނބުރި ޤައުމީ ޓީމަށް އައިސް ކްރޫސް ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗުގައި ކްރޫސް ވަނީ ހުނަރުވެރި މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ.

އެ މެޗަށްފަހު ކްރޫސް ވަނީ އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށް، 2014 ވަނަ އަހަރު ރެއާލަށް ބަދަލުވި ކްރޫސް، އެންމެ ފަހުގެ އެ ކުލަބާއެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް މިހާތަނަށް މުސްތަޤުބަލާމެދު ކްރޫސް ވަކި ނިންމުމެއް ނުނިންމަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ކްރޫސްގެ އެއްބަސްވުން އައު ކުރަން ރެއާލުން ބޭނުންވެ އެވެ.

ކްރޫސް ބުނީ ކުރިއަށް އޮތް މަސް ދުވަސް ނުވަތަ ދެ މަަސް ދުވަހުގެ ތެރޭގައި އޭނާގެ މުސްތަޤުބަލާމެދު ގޮތެއް ނިންމާނެ ކަމަށެވެ. އަދި އެއަށްފަހު ކަންތައް ވާނެ ގޮތެއް ބަލަން ޖެހޭ ކަމުގައި ވެސް ކްރޫސް ވަނީ ބުނެފަ އެވެ.

ކްރޫސް ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 455 މެޗުގައި 28 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 20 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *