Search Streamline Icon: https://streamlinehq.com

ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ފަޚުރު. އޭނައަށް އިޙްތިރާމް ކުރަން ޖެހޭނެ: ޕެޕޭ

2214727 46193930 2560

ބާސާގެ ޑިފެންޑަރ އަދި ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމުގައިވެސް ހިމެނޭ، ޔާއޯ ކާންސެލޯ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ އާއި ގުޅޭގޮތުން މީޑިއާގައި ދައްކާފައިވާ ވާހަތަކަށް ޕެޕޭ ރައްދު ދީފިއެވެ.

ކާންސެލޯ ރޮނާލްޑޯއާއި ގުޅޭ ގޮތުން ދެއްކި ވާހަކަތައް މީޑިއާގައި ގަދަވެ، އެކަމަށް ގިނަ ފާޑުކިޔުނަތްކެއް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ޕޯޗުގަލް ގައުމީ ޓީމުގައި ހިމެނޭ އެންމެ އުމުރުން ދޮށީ އަދި ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭ ބުނީ ކާންސެލޯ އެހެދީ ވަރަށް ބޮޑު ގޯހެއް ކަމަށާއި ރޮނާލްޑޯއަށް ބަދުބަހެއް ބުނުމަކީ އެއްވެސް މީހަކު ކޮށްގެން ނުވާނޭ ކަމެއްކަމަށެވެ.

ޕެޕޭ ބުނީ ރޮނާލްޑޯ އަކީ ޕޯޗުގަލް ޓީމުގެ ކެޕްޓަން ކަމަށާއި ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ރޮނާލްޑޯއަށް އިހުތިރާމް ކުރަން ޖެހޭނޭކަމަށެވެ.

ޕެޕޭ ބުނީ ރޮނާލްޑޯ އަކީ މުޅި ޕޯޗުގަލްގެ ވެސް ފަޚުރު ކަމަށާއި އެވަަރުގެ ލެޖެންޑެއްގެ ގަދަރު ކުޑަވާ ގޮތައް އެއްވެސް ވާހަކައެއް ދެއްކުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ޕެޕޭ ވަނީ ބުނެފައެވެ. އަދި ރޮނާލްޑޯގެ އުމުރު މިހާރު 40 އަހަރަށް ގޮސްފައިވީ ނަމަވެސް އުމުރުން 24 އަހަރުގައި އޭނާ ޕޯޗުގަލް ގައުމީޓީމަށާއި ޕޯޗުގަލްއަށް ހޯދައިދީފައިވާ ރީތިނަން ހަނދާންކުރަން ޖެހޭކަމަށެވެ.

ޕެޕޭ ބުނީ ރޮނާލްޑޯ އަކީ އޭނާގެ ޅަ އުމުރުގައި ދުނިޔޭގެ ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ކަމަށާއި އަދި އެ ކާމިޔާބީ 15 އހަރު ދުވަސް ވަންދެން ފަނޑުވުމެއް ނެތި ހިފެހެއްޓިކަމަށެވެ. އަދިވެސް ރޮނާލްޑޯ އަކީ ދުނިޔޭގެ މިވަގުތު ތިބި އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް ޕެޕޭ ބުންޏެވެ.

ޕެޕޭ ބުނީ ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ފަޚުރުކަމަށާއި އެފަދަ ކުޅުންތެރިއަކަށް ބަދުބަސް ބުނެ، އަގުވައްޓާލަން ޕޯޗުގަލް އަށް އުފަން ކުޅުންތެރިއަކު މަސައްކަތް ކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ވެސް އިހުތިރާމާއި އެކު ބުނެލަން ބޭނުންވާ ކަމަށް ވެސް ޕެޕޭ ބުންޏެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *