Search Streamline Icon: https://streamlinehq.com

އަމިއްލަ ގޯތި އޮވެ ގެދޮރު ހެދޭނެ ތަނަވަސްކަން ނެތް މީހުންނަށް ގެދޮރު އަޅަން ލުއިލޯނުގެ ފުރުސަތު ހުޅުވާލަނީ

Big 6LQCoqF6GVU78KgQQYbpEzlmz

އަލަށް ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރުމަށް ހަމަޖެހިފައިވާ ލުއި ލޯނަށް އެދުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ އަޙްމަދު ޟަމީރުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަމިއްލަ ގޯތި އޮވެ ގެދޮރު އިމާރާތްކުރާނެ ތަނަވަސްކަން ނެތުމުގެ ސަބަބުން އެ މަސައްކަތް ނުކުރެވިތިބި އެތައްބަޔަކު އެބަތިބިކަމަށެވެ. އެހެންނަކަމުން އެފަދަ ފަރާތްތަކަށް ސަރުކާރުން އިންޓްރެސްޓް ރޭޓް %5 އަށްވުރެ ބޮޑު ނޫން އަދަދެއްގައި ދޫކުރުމަށް ހަމަޖެހިފައިވާ ލޯނު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ފަންނީ އަދި ޓެކްނިކަލް މަސައްކަތްތައް ނިމުމަކާ ހަމައަށް ގޮސްފައިވާކަމަށާއި، ބާކީ ހުރި މަސައްކަތްތައް ނިންމާ ވަރަށް އަވަހަށް އެ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ސަރުކާރުގެ ތެރެއިން ހުރިހާ ތަފްސީލަކާއެކު ދާދި އަވަހަށް އެ ލޯން ސްކީމަށް ހުޅުވާލާނެ. މިއީ ކޮންވެންޝަނަލް ލޯނު އަދި އިސްލާމިކް ފައިނޭންސްގެ ލޯން.“ ރައީސުލުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އިންޓަރެސްޓް ރޭޓް %5 އަށްވުރެ ބޮޑު ނުވާނެހެން ގެދޮރު ބިނާކުރުމަށް ލޯން ސްކީމެއް ތަޢާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *