މިހާރު އިއޮތް ސަރުކާރަކީ ރައްޔިތުންނަސް ވައުދެއް ވެއްޖެނަމަ، އެ ވައުދެއް ފުއްދާނެ ސަރުކާރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

އައްޑޫ ހުޅުދޫ ދާއިރާގެ ޕްރޮގްރެސިވް ކޮންގްރެސް ކެންޑިޑޭޓް މުހައްމަދު ޝާހިދު (ޝާޑް)ގެ ކެމްޕެއިން އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިދިކޮޅުފަރާތްތަކުން ދައްކާ ވާހަތައް އަޑު ނޭއްހުމަށާއި މިހާރު އިއޮތް ސަރުކާރަކީ ރައްޔިތުންނަސް ވައުދެއް ވެއްޖެނަމަ، އެ ވައުދެއް ފުއްދާނެ ސަރުކާރެއް ކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖު މަޝްރޫއުގެ މަސައްކަތް މި އަހަރު ފަށާ، މަސައްކަތްތައް ފެންނަމުންދާނެ ކަމަށާއި ބްރިޖާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން ދައްކާ ވާހަކަ އަޑު ނޭއްސެވުމަަށް ރައީސް ވަނީ ގޮވާލައްވައިފައެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި އެމަނިކުފާނު ކެމްޕެއިންގައި އައްޑޫއަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަަކީ ހުޅުދޫ-ހިތަދޫ ބްރިޖްގެ މަޝްރޫއެވެ. އެ މަޝްރޫއު މި ސަރުކާރުން ވަނީ ފައްޓަަވާފައެވެ.
ރައީސް ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖު މަޝްރޫއުގެ މަސައްކަތުގެ ފީސިބިލިޓީ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށާއި ދެން މިހާރު އެ ހިނގަނީ އެ މަސައްކަތާއި ގުޅިގެން އެ ކުރެވުނު ސާވޭގެ މައްޗަށް ކުރަން ޖެހޭ އެކި ކަހަލަ ހިސާބުތަައް ހެދުމާއި ފީސިބިލިޓީގެ ބާކީ ބައި ކަމަށާއި އެކަން ނިންމާފައި ދެން ދާނީ އަމަލީ މަސައްކަތުގެ މަރުހަލާއަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ބްރިޖަކީ ހަމައެކަނި 30 ހަކަށް މީހުން ސައިކަލު ދުއްވާލަން އަޅާ ބްރިޖެއް ނޫންކަމަށާއި މިއީ މުޅި އައްޑޫ ސިޓީގެ އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އެތައް ހަރުފަތެއް މައްޗަށް ގެންގޮސްދޭނެ ފާލަމެއްކަމަށެވެ. އަދި މީގެ ސަބަބުން މުޅި ސިޓީއަށް އަދި މުޅި ދެކުނަށް ލިބިގެން ދާނީ ތަރައްްގީކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެއާއި އެކީގައި އައްޑޫ އަށް އައްސޭރި ޓޫރިޒަމްގެ 6000 އެނދުގެ މަޝްރޫއު ދާދި އަވަހަށް ފެށިގެން ދާނެ ކަަމަށް ވެސް ރައީސް ވިދާޅުވިއެވެ.









