ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އަންނަ ހަފުތާގައި ސްޕެއިންގެ ވަރުގަދަ ބާރު، ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ކައިލް ވޯކާ އަށް ނުކުޅެވިދާނެ ކަމުގެ ބިރު އެބައޮތްކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީން އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އަންނަ ހަފުތާގައި ސްޕެއިންގެ ވަރުގަދަ ބާރު، ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ކައިލް ވޯކާ އަށް ނުކުޅެވިދާނެ ކަމުގެ ބިރު އެބައޮތްކަމަށެވެ.
ގާޑިއޯލާ ބުނީ ޑޮކްޓަރުން އިރުޝާދު ދީފައިވާ ގޮތުން، ރެއާލް މެޗުގަައި ވޯކާ އަށް ނުކުޅެވޭނެއެވެ. އޭނާ ބުނީ އެ މެޗު ކުޅެން އެންމެ އެކަށީގެންވާ ވަރަށް ވޯކާގެ އަނިޔާ އިން ރަނގަޅު ނުވާނެކަން ޑޮކްޓަރު އަންގާފައިވާ ކަމަށެވެ. ނަމަވެސް ގާޑިއޯލާ ބުނީ، ވޯކާ އަކީ ވަރަށް ޚާއްސަ ހުނަރުތަކެއް ލިބިގެންވާ ކުޅުންތެރިޔެއް ކަމަށެވެ. ގާޑިއޯލާ އިޝާރާތް ކުރި ގޮތުން، އެ މެޗުގައި ވޯކާ ކުޅުމާއި، ނުކުޅުމާމެދު އޭނާ ގޮތެއް ނިންމާނީ އަދި ފަހުންނެވެ. ޑޮކްޓަރުންނާ ހަވާލާދީ ގާޑިއޯލާ ބުނީ ވޯކާގެ އަނިޔާ ސީރިއަސް ކަމަށާއި، ނަމަވެސް ވޯކާ އަކީ އެހެން ފެންވަރެއްގެ ކުޅުންތެރިޔެއް ކަމަށެވެ.
ވޯކާ އަށް އަނިޔާވީ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި އިންގްލެންޑުން ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ވޯކާ އަންނަނީ އަނިޔާ އިން ރަނގަޅުވުމުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ. ރެއާލްގެ ދަނޑުގައި ސިޓީން އެ ޓީމާ ދެކޮޅަށް ނިކުންނާނީ އޭޕްރީލް ނުވަ ވަނަ ދުވަހުގެ ރޭ އެވެ.









