މެޗުގެ ފަހު ވަގުތު ކޯލް ޕަމްލާ ޖެހި ދެ ލަނޑާއެކު ހެދި ހެޓްރިކާއި އެކު ޗެލްސީން މެންޗެސްޓާ ޔުނައިޓެޑްގެ ބަލިކޮށްފިއެވެ.
ރޭގެ މި މެޗުން ޗެލްސީ އިން ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދީ 3-4 ގެ ނަތީޖާއިންނެވެ.
މި މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ ޗެލްސީ އެވެ. އެއީ ހަތަރުވަނަ މިނެޓުގައި ގަލަގާ ޖެހި ގޯލާއި 19 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކޯލް ޕަލްމާ ޖެހި ގޯލުންނެވެ. މިއަށްފަހު ޔުނައިޓެޑުން ވަނީ ތިން ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. ފުރަތަމަ ގޯލު 34 ވަނަ މިނެޓުގައި ޖެހީ ގަނާޗޯ އެވެ. އޭގެ ފަސް މިނެޓު ފަހުން ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ޖެހި ގޯލުން މެޗު އެއްވަރުވެފައި އޮއްވައި ގަނާޗޯ ލީޑް ހޯދައިދިނީ 67 ވަނަ މިނެޓުގަ އެވެ.
ޗެލްސީ މޮޅުވީ 90 މިނެޓު ހަމަވެގެން އިތުރަށް ކުޅުނު 12 މިނެޓުގައި ކޯލް ޕަލްމާ ޖެހި ދެ ގޯލުންނެވެ. އޭނާގެ ދެ ވަނަ ގޯލު ޖެހީ އިތުރު ވަގުތުގެ 10 ވަނަ މިނެޓުގަ އެވެ.
ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެޗުން ޗެލްސީ މޮޅުވުން ހައްގު ކަމަށާއި އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ.
މި މެޗުން މޮޅުވުމުން ޗެލްސީ މިވަގުތު އޮތީ 43 ޕޮއިންޓާއެކު 10 ވަނައިގަ އެވެ. ޔުނައިޓެޑް އޮތީ 48 ޕޮއިންޓާއެކު ހަ ވަނައިގަ އެވެ.









