ޒަކާތު ފަންޑުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް، 1.5 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޒަކާތު ފަންޑުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް، 1.5 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، މި ފައިސާ ހަވާލު ކުރާނީ ގަތަރުގެ ރެޑް ކްރެސެންޓާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ ޣައްޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެއް ކަމަށާއި މި އެހީ ފޮނުވާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ.
އޮކްޓޫބަރުން ފެށިގެން ޔަހޫދީން ދޭން ފެށި ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްތީން މީހުންގެ އަދަދު ވަނީ 33،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. ޒަކާތު ފަންޑަކީ ފަގީރުންނާ މިސްކީނުންނަށް އެހީވާން، އިސްލާމިކް މިނިސްޓްރީގައި އުފައްދާފައިވާ ފަންޑެކެވެ.









