ޔަހޫދީ އިސްރާއީލ؛ަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ލާއިންސާނީ އަދި އަނިޔާވެރި ގައުމުގެ ގޮތުގައި މުޅި ދުނިޔޭގައިވެސް ސިފަކުރެވިފައިވާ ގައުމެވެ. ޚާއްސަކޮށް ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކަކީ ދުނިޔޭގެ ގިނަ ބައެއްގެ ރުޅިވެރިކަން އިސްރާއީލުގެ މައްޗަށް އަމާޒުވެގެންދާ އެއް ސަބަބެވެ.
ކޮންމެ އަކަށް ރެއަކީ ވަރަށް ތާރީޚި ރެއަކަށް ވަނީ ވެގެން ގޮސްފައެވެ. އެހެނީ އިރާނުން ވަރުގަދަ އިސްރާއީލު ސައިޒުކޮށްލި މަންޒަރު މުޅި ދުނިޔެއަށް ވަނީ ފެނިގެން ގޮސްފައެވެ. 48 ގަޑިއިރުގެ މުހުލަތެއް ދިނުމަށް ފަހު ލަހެއްފަހެއް ނެތި ހަމަލާތައް ދޭން ފެށިއެވެ. އެންމެ ފުރަތަމަ 100 އަށްވުރެ ގިނަ ޑްރޯލް ހަމަލާ އިސްރާއީލުގެ އެކި ހިސާބުތަކަށް އަމާޒުކޮށް ފޮނުވާލިއެވެ. އޭގެ ފަހުން 170 އަށްވުރެ ގިނަ ކުރޫޒް މިސައިލް އިސްރާއީލަށް އަމާޒުކޮށް ވަނީ ފޮނުވާލާފައެވެ.
އެއްގަނޑިއިރުގެ ތެރޭގައި އިޒްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބި، މުޅި އިޒްރާއީލް ހާސްކަމުގެ ތެރެއަށް ވެއްޓިގެން ދިޔަ މަންޒަރު، އަދި ގޮތް ހުސްވެގެން ތެޅިފޮޅެމުން ދިޔަ މަންޒަރު މުޅި ދުނިޔެ އޮތީ ބަލާށެވެ. އިރާންގެ ހަމަލާތަކުގައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، އެމީހުންނަށް ހަމަ އެއްވެސް ކަމެއް ކުރެވިފައެއް ނުވެއެވެ.
މި ހަމަލާތަކަށް ފަހު އިރާނުން ވަނީ ހަމަލާތައް ހުއްޓާލިކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. އީރާނުން ބުނީ އިސްރާއީލުގެ އަމަލުތައް ހައްދުންނެއްޓުމުން ހަމަމަގަށް އަޅުވާލަން ހަމާތައް ދިނީކަމަށެވެ. އަދި އެއީ ބަދަލުހިފުމެއް ކަމަށް ވެސް އިރާނުން ވަނީ ބުނެފައެވެ.









