Search Streamline Icon: https://streamlinehq.com

މި ސީޒަނަށް ފަހު މާޝިއަލް ޔުނައިޓެޑް ދޫކޮށްލަނީ

Anthony martial manchester united emirates

މި ސީޒަނަށް ފަހު މެންޗެސްޓަ ޔުނައިިޓެޑަށް ކުޅެމުން އަންނަ ފްރާންސް ފޯވަޑް އެންތަނީ މާޝިއަލް އެ ކްލަބް ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިނގިރޭސި ނޫހަކުން ބުނީ، ޔުނައިޓެޑް ދޫކޮށްލަން މާޝިއަލް ނިންމާފައިވާ ކަމަށާއި، މި ސީޒަނަށް ފަހު އޭނާ އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށެވެ.

ޔުނައިިޓެޑުގެ ކޯޗު ޓެން ހާގް އާއި މާޝިއަލް އާއި ދެމެދު ރަނގަޅު ގުޅުމެއް އޮތް ނަމަވެސް، ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން މާޝިއަލްގެ ހާލަތާމެދު ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

ޚާއްސަކޮށް ވޭތުވެ ސިޔަ ދެ ސީޒަނުގެ ބޮޑު ބައެއް މާޝިއަލް ހޭދަކޮށްފައިވަނީ އަނިޔާގައެވެ. މިހާރުވެސް އޭނާ ހުރީ އަނިޔާގައެވެ. އެހެން ކަމުން މާޝިއަލް ގެ ބޭނުން ކުލަބަށް އެންމެ އެކަޝީގެންވާ ގޮތުގައި ނުހިފެއެވެ.

މިސީޒަނަށްފަހު ޔުނައިޓެޑާއި އެކު އޭނާ ހަދާފައިވާ އެއްބަަސްވުން ހަމަވާއިރު، ޔުނައިޓެޑުން މާޝިއަލްގެ އެއްބަސްވުން އިތުރު ނުކުރަން ވެސް ވަނީ ނިންމާފައެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑު ދޫކޮށްލުމަށް ފަހު މާޝިއަލް ބަދަލުވާނެ ވަކި ކުލަބެއް އޭނާ އަދި ހާމަކޮށްފައެއް ނުވެއެވެ.

މާޝިއަލް ޔުނައިޓެޑާއި ގުޅުނީ ފްރާންސްގެ މޮނާކޯއިން، 2015 ވަނަ އަހަރު 36 މިލިއަން ޕައުންޑުގެ އަގަކަށެވެ.

އުމުރުން 28 އަހަރުގެ މާޝިއަލް ވަނީ ރެއާލްއަށް މިހާތަނަށް ކުޅުނު 342 މެޗުގައި 89 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު އެއް ޔޫރޮޕާ ލީގް، އެއް އިންގްލިޝް ސުޕަކަޕް، ދެ ލީގު ކަޕް، އެއް އެފްއޭކަޕް ކާމިޔާބު ކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *