ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން ގިނަ މަރުކަޒުތަކުގައި ފަށައިފިއެވެ.
ގިނަ މަރުކަޒުތަކުގައި މިއަދު ހެނދުނު 8:00 ގައި ވަނީ ވޯޓުލުން ފަށާފައެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:30 އާ ހަމައަށެވެ.
ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ.
ރާއްޖެއިން ބޭރުގައި ވޯޓުލުން ކުރިއަށްދާނެ ގަޑި (އެގައުމުގެ ގަޑިން)
- އިންޑިއާ (ޓްރިވެންޑްރަމް) : ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް
- ސްރީލަންކާ (ކޮލަމްބޯ) : ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް
- މެލޭޝިއާ (ކުއަލަލަމްޕޫރު): ހެނދުނު 11:00 އިން ރޭގަނޑު
މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އަދި މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
ރާއްޖޭގެ އިތުރުން ބޭރުގެ ތިން ގައުމެއްގައި ވޯޓުލުން ކުރިއަށްދާނެއެވެ. މި އިންތިހާބަށް ޖުމްލަ 287،462 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ކަމަށް އީސީއިން ވަނީ ބުނެފަ އެވެ.









