Search Streamline Icon: https://streamlinehq.com

މެންދުރު ފަހު 3:00 އާއި ހަމައަށް ޖުމުލަ 160،158 މީހުން ވޯޓުލައިފި

438217374 844579424376442 572946614085026843 n

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 284،663 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބޭއިރު، އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މެންދުރު ފަހު 3:00 އާއި ހަމައަށް ޖުމުލަ 160،158 މީހުން ވޯޓުލައިފިއެވެ.

މިހާތަނަށް ޖުމުލަ 160،158 މީހުން ވޯޓުލައިފައި ވާއިރު، އޭގެތެރޭގައި ހިމެނެނީ 77227 އަންހެނުންނާއި 82931 ފިރިހެނުންނެވެ. އަދި ވޯޓުނުލާ މީހުންގެ އަދަު 124،505 އަށް އަރާކަމަށް އީސީގެ ތަފާސްހިސާބުތަކުން ބުނެއެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 56.26 އިންސައްތަ މިހާތަނަށް ވޯޓުލާފައިވާއިރު، މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 284،663 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.

ވޯޓުލުން މިއަދު ހެނދުނު 8:00 އިން ހަވީރު 5:30އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *