Search Streamline Icon: https://streamlinehq.com

ޑރ. ޖަމީލް، ރައީސް މުއިއްޒުއަށް: ކޮރަޕްޝަނާއި، ފަސާދައަށް ޖާގަ ނުދެއްވާތި!

2Z2A0179 1675342230490 dtuw8n

ކޮރަޕްޝަނާއި، ފަސާދައަށް ޖާގަ ނުދެއްވުމަށް މިއަދު މި އޮތް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ގޮވާލައްވައިފިއެވެ.

އިއްޔެ ބޭއްވުނު ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސުޕަމެޖޯރިޓީ ރެވިކަން ކުރާ މައިޕާޓީ ޕީއެންސީން ހޯދުމާއި ގުޅިގެން އެކަމަށް މަރުޙަބާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ރައްޔިތުންގެ މަޖްލިސަށް އިންތިޚާބުވެ ވަޑައިގެންނެވި އެންމެހާ މެމްބަރުންނަށް މަރުޙަބާދަންނަވާކަމަށާއި ރައީސް މުޢިއްޒުގެ ވަޢުދުތައް ފުއްދެވުމަށް ދެން އެއްވެސް ހުރަހެއް ނެތްކަމަށެވެ. އަދި ރައްޔިތުންގެ ޙާލަތު ބަދަލު ކުރެއްވުމަށް އިޚްލާޞްތެރިވާނެ ކަމަށް އުއްމީދުކުރައްވާކަމަށާއި ކޮރަޕްޝަނާއި، ފަސާދައަށް ޖާގަ ނުދެއްވުމަށް ޖަމީލް ވަނީ ގޮވާލައްވާފައެވެ.

ކޮރަޕްޝަނާއި، ފަސާދައަށް ޖާގަ ނުދެއްވުމުގެ އިތުރުން މިނިވަންކަމަށް ގެއްލުން ލިބުނު އެންމެހާ ކަންތައްތައް ވަގުތުން ނިމުމަކަށް ގެންނެވުމަށާއި ގެއްލުނު ކަނޑު ހޯއްދަވާދެއްވަންވީ ވަޢުދު ފުއްދެވުމަށް ވެސް ޖަމީލް ވަނީ މި ސަރުކާރަށް ގޮވާލައްވައިފައިއެވެ. އަދި ގައުމުގެ ހަރުމުދާ، އެއަރޕޯޓް، ޕޯޓްސް، ބިންތައް ނުވިއްކުމްށާއި ރައްޔިތުންގެ ނިކަމެތިކަން މުއްސަދި ކަމަށް ބަދަލު ކުރައްވާނެކަމަށް ވީވަޢުދު ފުއްދެވުމަށް ވެސް ޖަމީލް ގޮވާލެއްވިއެވެ.

އަދި މީގެ އިތުރުން މި ސަރުކާރުން ކުރާ ތެދުވެރި ކޮންމެ ކަމަކަށް ތާއީދު ކުރައްވާނޭ ކަމަށާއި ކޮންމެ ގޯސްކަމެއް ހުއްޓުވަން މަސައްކަތްކުރައްވާނޭކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.

“ ރައްޔިތުންގެ މަޖްލިސަށް އިންތިޚާބުވެ ވަޑައިގެންނެވި އެންމެހާ މެމްބަރުންނަށް މަރުޙަބާ! ރައީސް މުޢިއްޒުގެ ވަޢުދުތައް ފުއްދެވުމަށް ދެން އެއްވެސް ހުރަހެއް ނެތް. ރައްޔިތުންގެ ޙާލަތު ބަދަލު ކުރެއްވުމަށް އިޚްލާޞްތެރިވާނެ ކަމަށް އުއްމީދުކުރަން. ކްރަޕްޝަނާއި، ފަސާދައަށް ޖާގަ ނުދެއްވާތި. މިނިވަންކަމަށް ގެއްލުން ލިބުނު އެންމެހާ ކަންތައްތައް ވަގުތުން ނިމުމަކަށް ގެންނަވާތި. ގެއްލުނު ކަނޑު ހޯއްދަވާދެއްވަންވީ ވަޢުދު ފުއްދަވާތި. ގައުމުގެ ހަރުމުދާ، އެއަރޕޯޓް، ޕޯޓްސް، ބިންތައް ނުވިއްކަވާތި. ރައްޔިތުންގެ ނިކަމެތިކަން މުއްސަދި ކަމަށް ބަދަލު ކުރައްވާނެކަމަށް ވީވަޢުދު ފުއްދަވާތި. ان شاء الله، ތެދުވެރި ކޮންމެ ކަމަކަށް ތާއީދު ކުރާނަން! ކޮންމެ ގޯސްކަމެއް ހުއްޓުވަން މަސައްކަތްކުރާނަން!“ ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *