Search Streamline Icon: https://streamlinehq.com

އަލަށް އިންތިޚާބުވި މަޖިލިސް މެންބަރުން ހުވާކުރުން އަންނަ މެއި މަހުގެ 28ގައި

Rayyithunge majilis

20 ވަނަ މަޖިލީހަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މަޖިލިސް މެންބަރުން ހުވާ ކުރުމުގެ ޖަލްސާ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމަވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަން އިއުލާން ކުރައްވާ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ އައު މަޖިލިސް ހުވާކުރުމަށް ބާއްވާ ޖަލްސާ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު އޮންނާނޭ ކަމަށާއި އެކަމާ ގުޅޭ ތައްޔާރީތައް މަޖިލީހުގެ އިދާރާއިން ކުރަމުން ގެންދާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިދައުރު މޭ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި އަދި މި ދައުރުގެ ފަހު ޖަލްސާ އަންނަ މޭ މަހުގެ 13 ވަނަ ދުވަހު އޮންނާނޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެހާތަނަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަށް 93 މެންބަރުން އިންތިޚާބުކުރެވިފައިވާއިރު، މި އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ.

އަދި އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕީއެންސީން ވަނީ 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ. މިނިވަން 11 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވިއިރު، އެމްޑީއޭ 2 އަދި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީން އަށް އެއް ގޮނޑި ކާމިޔާބުކޮށްފައިވެއެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *