Search Streamline Icon: https://streamlinehq.com

ބުއްދިވެރިންނަކީ ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ މީހުން. މިއަދު މި އޮތީ އެ ފުރުސަތު ހައްދުންމައްޗަށް ލިބިފަ: އަބްދުއްރަހީމް

Big qoRTB20vgro0YSpVVZxTu1IQ0

ބުއްދިވެރިންނަކީ ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ މީހުންކަމަށާއި މިއަދު މި އޮތީ އިރާދަކުރެއްވިއްޔާ ހައްދުންމައްޗަށް ހާއްސަކޮށް ފޮނަދު އަށް އެ ރަނުގެ ފުރުސަތު ލިބިފައިކަމަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރު ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާއިން އޭނާއަށް ލިބުނު ބޮޑު ކާމިޔާބު ފާހަގަކުރަން ފޮނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވީ ބުއްދިވެރިންނަކީ ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ މީހުންކަމަށާއި މިއަދު މި އޮތީ އިރާދަކުރެއްވިއްޔާ ހައްދުންމައްޗަށް ހާއްސަކޮށް ފޮނަދު އަށް އެ ރަނުގެ ފުރުސަތު ލިބިފައިކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން ހިފަން މުޅި ފޮނަދޫގެ ރައްޔިތުންނަށް ގޮވާލާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

”ބުއްދިވެރިންނަކީ ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ މީހުން. މިއަދު މި އޮތީ އިރާދަކުރެއްވިއްޔާ ހައްދުންމައްޗަށް ހާއްސަކޮށް ފޮނަދު އަށް ރަނުގެ ފުރުސަތެއް ލިބިފައި. މި ފުރުސަތުގެ ބޭނުން ހިފަން އަޅުގަނޑު ގޮވާލަނީ ފޮނަދޫގެ މުޅި ރައްޔިތުންނަށް،“ އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި ފޮނަދު އަށް ވުރެ ބޮޑަށް ވަކިން މަސައްކަތް ކުރަންޖެހޭ އެހެން އެއްވެސް ރަށެއް ދިވެހިރާއްޖޭގައި އޮތް ކަމަކަށް ޤަބޫލު ނުކުރައްވާފަކަމަށާއި ފޮނަދޫގެ ރައްޔިތުން މިހާރު އިސްކުރަންވީ ޕާޓީގެ ފިކުރަށް ވުރެ ގައުމީ ފިކުރު ނުވަތަ ފޮނަދޫގެ ފިކުރު ކަމަށެވެ. އަދި ޒަމާނުއްސުރެ ފޮނަދޫގެ ރައްޔިތުން ދެކެން ބޭނުންވާ ހުވަފެންތަކެއް އެބަހުރި ކަމަށާއި ހަޔާތުގައި ވަރަށް މަދުން ނޫނީ މިފަދަ ފުރުސަތެއް ނުލިބޭނެ ކަމުގައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

”ރައީސް މުއިއްޒުގެ ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި ފޮނަދު އަށް ވުރެ ބޮޑަށް ވަކިން މަސައްކަތް ކުރަންޖެހޭ އެހެން އެއްވެސް ރަށެއް ދިވެހިރާއްޖޭގައި އޮތް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން.“ ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *