Search Streamline Icon: https://streamlinehq.com

ދުނިޔޭގައި މިވަގުތު އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗަކީ ޑިއޭގޯ ސިމިއޯނީ

20.02.23.3.1

ދުނިޔޭގެ ފުޓްބޯޅައިގެ ކުލަބް ފެންވަރުގައި އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗަކަށް ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީވެއްޖެއެވެ.

ގިވްމީސްޕޯޓްސް އިން ރޭންކް ކޮށް އާންމުކުރި ލިސްޓުގައިވާ ގޮތުގައި މިވަގުތު ކުލަބް ލެވެލްގައި އެންމެ ބޮޑު މުސާރައެއް ލިބެނީ އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީއަށެވެ. އެގޮތުން ސިމިއޯނީއަށް އަހަރަކު 30 މިލިއަން ޕައުންޑުގެ މުސާރައެއް ލިބެއެވެ.

އެންމެ ބޮޑު މުސާރަލިބޭ ކޯޗުންގެ ލިސްޓުގެ އެއްވަނަ ސިމިއޯނީއަށް ލިބުނުއިރު، ދެވަނައަށް އެންމެ ބޮޑު މުސާރައެއް ލިބެނީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށެވެ. އޭނާއަށް އަހަރަކު 20 މިލިއަން ޕައުންޑުގެ މުސާރައެއް ލިބެއެވެ.

ލިސްޓުގެ ތިންވަނަ ލިބެނީ ލިވަޕޫލްގެ ކޯޗު ޖާގަން ކްކޮޕްއަށެވެ. އޭނާއަށް އަހަރަކު 16 މިލިއަން ޕައުންޑުގެ މުސާރައެއް ލިބެއެވެ.

ލިސްޓުގެ ހަތަރުވަނާގައި ހިމެނެނީ ސައުދީ ސުޕަލީގުގެ ކޯޗު ސްޓީވަން ޖެރާޑް އެވެ. އޭނާއަށް އަހަރަކު 15.2 މިލިއަން ޕައުންޑުގެ މުސާރައެއް ލިބެއެވެ. އަދި ލިސްޓުގެ ފަސްވަނާގައި ހިމެނެނީ އިޓަލީގެ ޔުވެންޓަސްގެ ކޯޗު މެކްސް އެލަގްރީއެވެ. އޭނާއަށް އަހަރަކު 11.3 މިލިއަން ޕައުންދުގެ މުސާރައެއް ލިބެއެވެ.

6 ވަނަ، ބަޔާން މިޔުނިކްގެ ކޯޗު ތޯމަސް ޓުޗެލް (1.6 މިލިއަން ޕައުންޑް)

7 ވަނަ، ޗެލްސީ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ (10.4 މިލިއަން ޕައުންޑް)

8 ވަނަ، ރެއާލް މެޑްރިޑް ކޯޗު، ކާލޮސް އެންޗެލޮޓީ ( 9.6 މިލިއަން ޕައުންޑް)

9 ވަނަ، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ( 9 މިލިއަން ޕައުންޑް)

10 ވަނަ، އިންޓަ މިލާން ކޯޗު، އިންޒާގީ (8.8 މިލިއަން ޕައުންޑް)

11 ވަނަ، އާސެނަލް ކޯޗު މައިކަލް އާޓެޓާ ( 8.3 މިލިއަން ޕައުންޑް)

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *