Search Streamline Icon: https://streamlinehq.com

މިއަދުވެސް މޫސުން ގޯސް، އުތުރަށް ޔެލޯ އެލާޓް ނެރެފި

061 Vissara vaarey met office

އްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި, އުތުރުގެ ރަށްތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް އިން ޔެލޯ އެލާޓް ނެރެފި އެވެ.

އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް މިއަދު ހަވީރު 5:00 އާ ހަމައަށެވެ. އެ ވަގުތާ ހަމައަށް އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ އެވެ.

މޫސުން ގޯސް ވާނެތީ، ކަނޑު ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ މައުލޫމާތު ހޯދައި އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުމާއި  ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވުމާއި ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅު ފަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުމާއި ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުމާއި ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުމާއި ގެއަށް ފެން ވަދެފާނެ ކަމުގައިވާ ނަމަ ގޭ ބޭރުގައި ވެލިބަސްތާ ފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުމާއި ފެން ޖެހި ހަލާކުވާނެ ފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެ ފަދަ ތަންތަނަށް ބަދަލުކުރުމާއި އަލަށް އިމާރާތް ކުރަން ފަށައިފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން ހިމެނެ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *