އިއްޔެ ހަވީރުން ފެށިގެން ކ. ގުރައިދޫ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، އެރަށުގެ 50 ގެއަކަށް ގެއްލުންތަކެއް ވެއްޖެއެވެ.
ބޯކޮށް ވާރޭ ވެރި ގުރައިދޫގައި ފެންބޮޑުވެފައިވާއިރު، ފކަމުގެ އަސަރުކުރި ގެތަކުގެ މީހުން މިހާރުވަނީ އެހެންތަކަށް ބަދަލުކޮށްފައެވެ.
އެމްއެންޑީއެފުން ރޭ ބުނީ، ފެން ހިންދުމުގު މަސައްކަތަށް ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށެވެ. އެރަށުގައި ފެން ހިންދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.
މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.
މިއަދު ވެސް އުތުރަށް ވިއްސާރަވާނޭ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ޔެލޯ އެލަޓް ނެރެފައެވެ.









