Search Streamline Icon: https://streamlinehq.com

މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމެއްގެ ގޮތުގައި އިންޖީނަށް އަޅާ އަޑީތެޔޮފުޅިއެއް ދީފި

Presentation4

އެފްރިކާގެ ގައުމެއްކަމަށްވާ ސޫދާނުގެ ބުންޑެސް ލީގުގު މެޗެއްގައި މޮޅު ކުޅުންތެރިއަކަށް އިންޖީނަށް އަޅާ އަޑީތެޔޮފުޅިއެއް ދީފިއެވެ.

ސޫދާނިސް ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހު އަލް އަހްލީ ސެންޑީ އެފްސީއާއި ހިލާލް އޮބަޔިދާއި ދެކޮޅަށް ކުޅުނު މެޗުގައި އަހްލީ ސެންޑީ އެފްސީގެ ޒަކަރިޔާ ހައިދަރު މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެޗުގައި ދެ ގޯލު ޖަހައިގެންނެވެ.

އޭނާއަށް ދިން އަޑީތެޔޮ ފުޅި އަކީ ސަޕޯޓަރުންގެ ފަރާތުން ހުށަހެޅި އިނާމެކެވެ. އެ އިނާމު ހަވާލުކޮށްފައި ވަނީ ވެސް ސަޕޯޓަރުންގެ ފަރާތުންނެވެ.

އެފްރިކާގެ ގައުމު ތަކުގައި އާންމުކޮށް މެޗުތަކުގެ މޮޅު ކުޅުންތެރިންނަށް ތަފާތު އިނާމުތައް ދެއެވެ. އެގޮތުން ގާނާގައި ދާދިފަހުން ވަނީ މެޗެއްގެ މޮޅު ކުޅުންތެރިއާއަށް ފައިވާނެއް ދީފައެވެ. އަދި ސައުތު އެފްރިކާގައި މޮޅުކުުޅުންތެރިޔާއަށް ފަސް ޖީބީ މޯބައިލް ޑޭޓާ ދޭއިރު ބޮޓްސްވާނާގައި ވަނީ ކާޑުގެ ބާވަތްތައް ދީފައެވެ. މީގެ ކުރިން މަލަވީގައި ވަނީ ދިރޭ ގެރިއާއި ބަކަރި ވެސް ކުޅުންތެރިންނަށް ހަދިޔާ ކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *