Search Streamline Icon: https://streamlinehq.com

އެމްޑީޕީ ލީޑަރޝިޕްގެ އިސްތިއުފާއަށް ގޮވާލަމުން ދަނީ އިދިކޮޅު ފަރާތްތަކުން، އެމްޑީޕީގެ ސަޕޯޓަރުންނެއް ނޫން: ފައްޔާޒު

Fayyaz

20 ވަނަ މަޖިލިސް އިންތިޚާބުގެ ނާކާމިޔާބީއަށް ފަހު އެމްޑީޕީގެ ލީޑަރޝިޕްގެ އިސްތިއުފާއަށް ގޮވަމުން އެ ދަނީ އިދިކޮޅު ފަރާތްތަކުން ކަމަށާއި އެއީ އެމްޑީޕީ ސަޕޯޓަރުން ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ބައްޔަށް ފަހު ބޭއްވި ފުރަތަމަ ގައުމީ މަޖިލިސް ބައްދަލުވުމަށް ނޫސްވެރިންނާއި ވާހަކަދައްކަމުން ފައްޔާޒް ވިދާޅުވީ 20 ވަނަ މަޖިލިސް އިންތިޚާބުގެ ނާކާމިޔާބީއަށް ފަހު އެމްޑީޕީގެ ލީޑަރޝިޕްގެ އިސްތިއުފާއަށް ގޮވަމުން އެ ދަނީ އިދިކޮޅު ފަރާތްތަކުން ކަމަށާއި އެއީ އެމްޑީޕީ ސަޕޯޓަރުން ނޫންކަމަށެވެ. ނަމަވެސް އެމްޑީޕީގެ ތެރޭގައިވެސް ކޮންމެސް މިންވަރެއްގެ ހިޔާލް ތަފާތުވުންތަކެއް އެބަހުރިކަމަށް ފައްޔާޒް ގަބޫލު ކުރައްވާކަމަށް ވިދާޅުވިއެވެ.

ޕާޓީގެ ކުރިމަގު އިތުރަށް ބައްޓަން ކުރާނީ ދިރާސާއަކަށްފަހުކަމަށް ފާހަގަކޮށް ފައްޔާޒް ވިދާޅުވީ، ލީޑަރޝިޕް ބަދަލުކުރުމަށް ޕާޓީގެ އާންމު މެންބަރުން އެދޭކަމަށްވާނަމަ އެ ދިރާސާއަށްފަހު އެ ބަދަލުތައްވެސް ގެންނާނެކަމަށެވެ. ނަމަވެސް އަދި މިއީ ލީޑަރޝިޕް އިސްތިއުފާ ދޭން ޖެހޭ ވަގުތު ނޫންކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިއީ ޕާޓީ ނަގާ ކޮޅަށް ޖަހަންވީ ވަގުތުކަމަށާއި، ރާއްޖެއަށް އެމްޑީޕީ ވަރަށް ބޭނުންތެރިކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންކަމުން ގައުމަށް ގެއްލުމެއްވެ، އެކަމަށް އުނިކަމެއް އަންނާނެފަދަކަމެއް އެމްޑީޕީއިން ނުކުރާނެކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

މަޖިލީސް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބުވީ އެންމެ 12 ގޮނޑިއެވެ. ސަރުކާރު މައި ޕާޓީ ޕީއެންސީއިން ސުޕަ މެޖޯރިޓީ ކާމިޔާބު ކުރުމުން އެމްޑީޕީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ޕާޓީގެ ލީޑަރޝިޕްއަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށްވެސް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. އެގޮތުން ލީޑަރޝިޕްގެ އިސްތިއުފާއަށްވެސް ގޮވާލިއެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *