Search Streamline Icon: https://streamlinehq.com

ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ އިން ކޯޗިންގ ކޯހެއް ބާއްވަން ނިންމާ އެ ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފި

440794611 394459293573462 9167743668466691101 n

ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ އާއި ހައްދުންމަތީ ގަމު ކައުންސިލް ގުޅިގެން ކޯޗިންގ ކްލިނިކެއް ބާއްވަން ނިންމައި، އެ ކޯޗިން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

އޭއެފްސީ/ފީފާ ގްރާސްރޫޓް އަދި އެލައިޓް ކޯޗިންގ ލެވެލްގެ މި ކްލިނިކްގެ ސެޝަންތައް ނަންގަވައިދެއްވާނީ ތަޖުރިބާކާރު ކޯޗު އަހުމަދު ޝަރީފު (ޑުންގާ) އެވެ.

މި ކޯސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 އިން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަ ށް ލ. ގަމުގައެވެ.

ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މިކަމާ ގުޅޭ އިތުރު މަޢުލޫމާތު، 9645040 އަށް ގުޅުއްވުމުން ލިބޭނެ ކަމަށް ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ އިން ބުނެއެވެ.

މިއީ މިފަދަ ކޯހެއް ލާމުގައި ބާއްްވާ ފުރަތަމަ ފަހަރެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *