Search Streamline Icon: https://streamlinehq.com

ސަރުކާރާއި ހަވާލުވިއިރު، 27 ވަރަކަށް މިލިއަން ރުފިޔާގެ ބިލްތައް ނުދައްކާ ހުރި. އެ ހުރިހާ ފައިސާއެއް ދެއްކީ މި ސަރުކާރުން: މިނިސްޓަރ ޝަހީމް

Photo 2024 05 08 13 21 44 850x548

މިނި ދިޔަ ފަސްއަހަރަށް ފަހު، ސަރުކާރާއި ހަވާލުވިއިރުގައި 27 ވަރަކަށް މިލިއަން ރުފިޔާގެ ބިލްތައް ނުދައްކާ ހުރިކަމަށާއި ނަމަވެސް އެ ހުރިހާ ފައިސާއެއް މިހާރު ދައްކާ ޚަލާސްކުރެވިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޝަހީމް ވިދާޅުވީ މިނި ދިޔަ ފަސްއަހަރަށް ފަހު، ސަރުކާރާއި ހަވާލުވިއިރުގައި 27 ވަރަކަށް މިލިއަން ރުފިޔާގެ ބިލްތައް ނުދައްކާ ހުރިކަމަށާއި ނަމަވެސް އެ ހުރިހާ ފައިސާއެއް މިހާރު ދައްކާ ޚަލާސްކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ މި ސަރުކާރުން މިހާތަނަށް މާލެ ސަރަހައްދާއި ރަށްރަށުގައި ހުރި މިސްކިތްތަކުގެ މަރާމާތަށް 19 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށާއި ނިމިދިޔަ ސަރުކާރުގެ ވެރިކަން ނިމުނު އިރު އެކި ސަބަބުތަކާއި ހުރެ ވަނީ މިސްކިތްތައް ބިނާ ކުރުމަށާއި މިސްކިތްތަކުގެ މަރާމާތައް ހަރަދުވި ފައިސާ ނުދައްކާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ކިތަންމެ ދަށަށް ގޮސްފައި ވީނަމަވެސް މި ފައިސާ މިހާރު ވަނީ އަނބުރާ ދައްކާފައި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިވަގުތު ރާއްޖޭގައި ހުރި މިސްކިތްތަކުގެ މަރާމާތަށް ޖުމްލަ 200 މިލިއަން ރުފިޔާ ބޭނުންވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

”ރާއްޖޭގައި އެބަ ހުރި 700 އެއްހާ މިސްކިތް، އެހެން ވީމައި ކުރެވޭ މިންވަރުން މަސައްކަތް ކުރެވެމުން އެބަދޭ،“ މިނިސްޓަރު ވިދާޅުވިއެވެ.

މި ފައިސާ ވަގުތުން އެއްފަހަރާ ހަމަނުޖެހުނު ކަމުގައި ވީނަމަވެސް ކުރިއަށް އޮތްތަނުގައި މާލެއާއި އަތޮޅުތަކުގައި ހުރި މިސްކިތްތައް މަރާމުކުރެވިގެން ދާނެކަމުގެ ޔަގީންކަން ޝަހީމް ވަނީ ދެއްވާފައިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *