Search Streamline Icon: https://streamlinehq.com

އާއްމުންނަށް ހުޅުވައިގެން މީޑިޔާ ކައުންސިލުން ކުއިޒެއް ބާއްވަނީ

Media Council

”މޯލްޑިވްސް މީޑިއާ ކައުންސިލު ކުއިޒް 2021“ ނަމުގައި އާއްމުންނަށް ހުޅުވާލައިގެން ފައިސާގެ އިނާމްތަކެއް ލިބޭ ކްއިޒެއް ބާއްވަން މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ.

1 ޖުލައި 2021 އިން ފެށިގެން 30 ޖުލައި 2021 ގެ ނިޔަލަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މިކުއިޒްގެ މަޤްސަދަކީ މީޑީއާ ކައުންސިލްގެ މަޢުލޫމާތާއި، ހިންގާ ހަރަކާތްތަކާއި، އަދި އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ޢާއްމު ރައްޔިތުން ހޭލުންތެރި ކުރުވުމާއި އަދި މީޑީއާ ކައުންސިލްގެ އާންމު މަޢުލޫމާތާއި، މަސައްކަތްތަކާ ގުޅޭ ގޮތުން އާންމު ރައްޔިތުންނަށް މަޢުލޫމާތު އެނގެނީ ކިހާ މިންވަރަކަށްކަން ދެނެގަތުމާއި، މީޑީއާ ކައުންސިލްގެ މަޢުލޫމާތާއި، ހިންގާ ހަރަކާތްތަކާއި އެހެނިހެން ކަންކަމާ ގުޅޭ މަޢުލޫމާތު، ކުއިޒެއްގެ ޒަރީޢާއިން ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުން ކަމަށް މީޑިއާ ކައުންސިލުން އާއްމު ކުރި ބަޔާނެއްގައި ބުނެފައިވެއެވެ.

މީޑިޔާ ކައުންސިލުން އިތުރަށް ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންނަށް ގޭގައި ތިބެންޖެހިފައިވާ މި ދަނޑިވަޅުގައި މަޢުލޫމާތު ހިއްސާކޮށްލުމުގެ މަސައްކަތެއް ކޮށްގެން އިނާމެއް ލިބޭނެ ފުރުޞަތަކަށް، މިފަދަ ކުއިޒެއްގެ ޒަރީޢާއިން މަގުފަހިކޮށްދިނުންވެސް މި ކުއިޒްގެ މަޤްޞަދެއް ކަމަށެވެ.

މި ކުއިޒުން ރަނގަޅު ޖަވާބު ދިމާކުރާ ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށް އަންނަ ފަރާތަކަށް -/3000 ރުފިޔާ، ދެވަނައަށް އަންނަ ފަރާތަކަށް -/2000 ރުފިޔާ އަދި ތިންވަނައަށް އަންނަ ފަރާތަކަށް -/1000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ކުއިޒްގައި ބައިވެރިވުމަށް ރަޖިސްޓްރީއަށް ހުޅުވައިލާނީ، 2021 ޖޫން 15 ން ފެށިގެން 2021 ޖުލައި 15 ގެ ނިޔަލަށެވެ. ރަޖިސްޓްރީއަށް ހުޅުވައިލުމުން އެކަން މީޑިއާ ކައުންސިލުގެ ފޭސްބްކް، އިންސްޓަރގްރާމް އަދި ޓްވިޓަރ މެދުވެރިކޮށް އާންމުކުރެވޭނެ ކަމަށާއި މީޑިއާ ކައުންސިލް ކުއިޒް 2021 ގެ ސުވާލުތައް ޝާއިޢު ކުރަމުންދާނީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކަމަށް މީޑިޔާ ކައުންސިލުން ހާމަކޮށްފައިވެއެވެ.

2021 ޖުލައި 1 ން ފެށިގެން ކޮންމެ ދުވަހެއްގެ 13:00 ގައި އެ ދުވަހެއްގެ ސުވާލު ޝާއިޢުކުރެވޭނެއެވެ.

މި ކުއިޒް ގެ އުސޫލު މީޑިއާ ކައުންސިލްގެ ވެބްސައިޓްގައި މިހާރުވަނީ އާންމުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *