Search Streamline Icon: https://streamlinehq.com

ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަކަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް: ރޮޒައިނާ

BVDkgmhXgOvgojUYTB2UXJQXgLC82yjBLx9Gt8dE 1104x736

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ދެން ކުރިމަތި ލެއްވުމުގެ ވިސްނުމެއް ނެތްކަމަށް އައްޑޫމީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒޭނާ މިހެން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ފަހު ބަސް ވިދާޅުވަމުންނެވެ.

އެ ފުރުސަތުގައި ވާހަކަދައްކަވަމުން ރޮޒޭނާ ވިދާޅުވީ، 15 އަހަރަށް ފަހު އޭނާ މަޖިލީހުން ވަކިވާއިރު، އިތުރަށް މެންބަރު ކަމަށް ކުރިމަތިލުމުގެ ވިސްނުން އޭނާގެ ނެތް ކަމަށެވެ.

”އަޅުގަނޑުގެ ވިސްނުމެއް ނެތް ދެން ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަކަށް ކުރިމަތިލުމުގެ. އެހެންވީމާ މިއަދަކީ މަޖިލީހުގެ ތަޅުމުގައި އަޅުގަނޑު މެންބަރެއްގެ ހައިސިއްޔަތުން ވާހަކަ ދައްކާ އެންމެ ފަހު ދުވަސް،“ ރޮޒައިނާ ވިދާޅުވި އެވެ. ”ހަމަގައިމު ވެސް އަޅުގަނޑުގެ ގޮނޑި ނީލަމުގައި އިން އެންމެ ދުވަހެއް ވެސް ނާންނާނެ. ފަނަރަ އަހަރު ދުވަސް ނިންމާފަ އަޅުގަނޑު މިތަނުން ދާއިރު.“

ރޮޒޭނާ ވިދާޅުވީ، 15 އަހަރަށް ފަހު އޭނާ މަޖިލީހުން އެ ވަކިވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމާއިއެކު ކަމަށެވެ. އަދި އޭނާ ވަނީ އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންނަށާއި ކުރިން އޭނާ މެންބަރުކަން ކުރި ތުލުސްދޫ ދާއިރާއަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރައްޔިތުން ހަވާލުކުރި މަސައްކަތް އަމާނާތްތެރި ކަމާއެކު ކުރެވިއްޖެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

މި ފަހަރުގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް ރޮޒައިނާ މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ޕާޓީގެ އެ ޕްރައިމަރީން ރޮޒައިނާ ވަނީ ނާކާމިޔާބުވެފަ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *