ފްރާންސް ޑިފެންޑަރ ރަފެއަލް ވެރާން މި ސީޒަނަށް ފަހު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ނިންމާފައިވާ ކަމަށް އިނގިރޭސި ނޫސްތަކުން ބުނެފި އެވެ.
އުމުރުން 30 އަހަރުގެ އިތުބާރު ޑިފެންޑަރު ތިން ސީޒަނަށް ފަހު ޔުނައިޓެޑް ނޫން ކުލަބަކަށް ބަދަލުވާން ބޭނުންވާކަން ކޯޗު އެރިކް ޓެން ހާގް އާއި މެނޭޖްމަންޓަށް މިހާރު ވަނީ އަންގައިފަ އެވެ. ނަމަވެސް ރަސްމީކޮށް މިކަން އިއުލާނުކުރާނީ މި ސީޒަނަށް ފަހުގައިއެވެ.
ޔުނައިޓެޑަށް ކުޅުން ހުއްޓާލުމަށްފަހު ވަރާން ޔޫރަޕުގެ ކުލަބަކަށް ނުދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ ބަދަލުވާނީ ސައޫދީ ޕްރޮފެޝަނަލް ލީގަށް ކަމަށް ބެލެވެއެވެ. ނަމަވެސް މި ނިންމުން ކޮންމެ ވަގުތަކު ވެސް ބަދަލުކޮށް އިތުރު އަހަރެއްގައި ބާސެލޯނާގައި މަޑުކުރުމުގެ ފުރުސަތު ވެރާން އަަށް އެބައޮތެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑާއި އެކު ގިނަ ކާމިޔާބީތަކެއް ހާސިލް ކުރުމަށް ފަހު ބޮޑު އަގުގައި 2021 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވި ވެރާން ކޮންޓްރެކްޓް އައުކުރާނެ ކަމަށް ގިނަ ބަޔަކު ތިބީ ޔަގީންކޮށްގެންނެވެ. އެއް ސަބަބަކީ ކޯޗު ޓެންހާގް ވެސް އޭނާ ކުލަބުގައި ބަހައްޓަން ބޭނުންވުމެވެ.
ވެރާން ވަނީ އޭނާ ޔުނައިޓެޑުގައި ހޭދަކުރި ދުވަސްތަކުގައި މިހާތަނަށް 93 މެޗު ކުޅެދީ ދެ ލަނޑު ޖަހާފައެވެ. އޭނާ ވަނީ ޔުނައިޓެޑާއި އެކު ކަރަބޯ ކަޕް ހޯދާފައެވެ.









