Search Streamline Icon: https://streamlinehq.com

ފަހުގެ

13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފި

Jinsee goanaa fenvaru mv

އުތުރުގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަން ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ ނޯތު ޕޮލިސް ( ނ , ރ , ބ , ޅ ) ގައި ހިމެނޭ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް މިމަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮސްފައިވާ މަމުގަ އެވެ.

މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މި މައްސަލަ ތަހުގީގުކުރަމުން ގެންދަވާކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ވޭތުވެދިޔަ 4 ވަރަކަށް އަހަރުގެ ތެރޭގައި ވަނީ މައްޗަށް ގޮސްފައި އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި