Search Streamline Icon: https://streamlinehq.com

މާލެ އާއި ހުޅުލެ މޮނޮރެއިލްއިން ފުނަދޫއާ ގުޅާލުމުގެ މަސައްކަތް ދުބާއީގެ އިފްޒާއާ ހަވާލުކޮށްފި

MInister Saeedh fenvaru

ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސަރވިސަސް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކ. ފުނަދޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަދި މާލެ މޮނޯރެއިލްއިން ގުޅާލުމުގެ މަސައްކަތް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ(ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރާ ކ. ފުނަދޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަދި ވެރިކަންކުރާ މާލެ‘ މޮނޯރެއިލްއިން ގުޅާލުމަށް ފައިނޭންސް ކުރުމަށް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާއި ހަވާލުކޮށްފައިވާ ކަމުގަ އެވެ.

މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރި އިރު އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ”މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ“ ގެ މަސައްކަތްވެސް ސަރުކާރުން ހަވާލުކޮށްފައިވަނީ ދުބާއީގެ އިފްޒާ ކުންފުންޏާ އެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ ފުނަދޫ ތަރައްގީ ކުރުމުގެ ގޮތުން އެރަށުގައި މިހާރު ހުރި ފިއުލް ފާމް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގަ އެވެ.

މިނިސްޓަރ ވިދާޅުވީ މިމަސައްކަތަކީ 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މަސައްކަތެއް ކަމުގައެވެ. އަދި މި މަސައްކަތުގެ ތެރޭގައި ފުނަދޫގެ އިމާރާތްތަކުގެ ކުރެހުންތަކާއި އެހެނިހެން މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

ފޮނަދޫ ތަރައްޤީކުރުމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީން އެސްޓީއޯއާއެކު މަސައްކަތް ފަށާއިފައިވާއިރު، ސަރުކާރުން ބުނީ، މި ހުރިހާ މަސައްކަތަކަށް ފައިސާ ޚަރަދު ކުރާނީ އިފްޒާ އިން ކަމުގަ އެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވީ މިމަސައްކަތް ރައީސް ވިދާޅުވި ފަދައިން 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމުގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *