Search Streamline Icon: https://streamlinehq.com

14 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން ހޯދަނީ

Madifushi AIshath Zoya fenvaruonline

ޢުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފައްޓަވައިފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ތ. މަޑިފުށި/ނައިޓްރޯސް، ޢާއިޝަތު ޒޯޔާ ފިކުރީ  (14އ) އެވެ.

ފުލުހުން ވިދާޅުވީ މިހާރު ވ.ނާލިސް، ގައި ދިރިއުޅޭ ތ.މަޑިފުށި ނައިޓްރޯސް ޢާއިޝަތު ޒޯޔާ ފިކުރީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރައްވަމުން ގެންދަވާ ކަމުގައެވެ.

ޢާއިޝަތު ޒޯޔާ ފިކުރީ އެންމެ ފަހުން ފެނިފައިވަނީމި ހިނގާ މެއި މަހުގެ 21 ވަނަ ދުވަހު، އެކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

ޢާއިޝަތު ޒޯޔާ ފިކުރީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅުއްވައި އެކަން ހިއްސާކުރެއްވުމަށްވެސް ފުލުހުން ވަނީ އެދިލައްވާފަ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *