Search Streamline Icon: https://streamlinehq.com

އިންޓަރނޭޝަނަލް ލޭބަރ ކޮންފަރެސް 2024 ގައި ރާއްޖެއިން ބައިވެރިވެއްޖެ

Geneva

އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ލޭބަރ ކޮންފަރެސް ސްވިޒްލޭންޑްގެ ޖެނީވާގައި އިއްޔެ ފަށައިފިއެވެ.

މި ކޮންފަރެސްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ މަރިޔަމް މާރިޔާގެ އިތުރުން  ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތައް ތަމްޘީލުކުރާ އޮފިޝަލުންނާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަންދޫބުން ހިމެނޭ.

ވަފުދުގެވެރިޔާގެ ހައިސިއްޔަތުން މިނިސްޓަރ ޑރ މަރިޔަމް މާރިޔާ މި ކޮންފަރެންސްގައި ތަޤްރީރުކުރެއްވުމަށް  ހަމަޖެހިފައިވާއިރު، އެކަމަނާ  ތަޤަރީރް ކުރައްވާނީ  ރާއްޖެ ގަޑިން މިއަދު ހަވީރު 5:30 ގައެވެ.

އިއްޔެ ފެށުނު އައި.އެލް.އޯގެ 112 ވަނަ ކޮންފަރެންސްގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން މަސައްކަތުގެ މާހައުލު ރައްކާތެރިކުރުމާއި، އެ ބަދަލުތަކުގެ ސަބަބުން މަސައްކަތްތެރިންގެ ސިއްޙަތަށް ކޮށްފާނެ އަސަރާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *