މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ދަށުން ހިންގާ މޯލްޑިވްސް ޕޮލިޓެކްނިކުން ޕޮލިޓެކްނިކުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިއީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ގުޅިގެން މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގާ ޕޮރޮގްރާމެކެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ(އެމްއެންއެސްޑީ)ގެ ހުއްދައިގެ ދަށުން ކަމަށްވާއިރު، މި ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީފެންވަރުގައި ހުޅުވާލުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި އެމްއެންއެސްޑީގެ ހުއްދައިގެ ދަށުން އަމިއްލަ ދެ ތަނަކުން މި ޕްރޮގްރާމް ހިންގައެވެ. އެހެން ނަމަވެސް މޯލްޑިވްސް ޕޮލިޓެކްނިކުން މި ޕްރޮގްރާމްފެށުމުން ރާއްޖޭގެ އެކިކަންކޮޅުތަކުން ފަންނީ މީހުން އުފެއްދުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ފެށިގެންދާއެެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުން ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ޤައުމީ ސަނަދު ގިންތި 3 ގެ ކޯސްތައްކަމަށެވެ. އަދި ގިންތި ތިނެއް ނިމުމުން ގިންތި 4ގެ ކޯސްތައްވެސް ފެށިގެންދާނެކަމަށެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން، އެމްއެން އެސްޑީގައި މިހާތަނަށް 30 ކޯހެއް ވަނީ ރެޖިސްޓަރކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ އެކިދާއިރާތަކުގެ ފަންނީ ކޯސްތައް ހުރިކަން ފާހަގަކޮށްލެވެއެވެ.
- ނޭޝަނަލް ސެޓްފިކެޓް 3 އިން ފާމަސީ އެސެސްޓެންޓް
- ނޭޝަނަލް ސެޓްފިކެޓް 4 އިން ފާމަސީ އެސެސްޓެންޓް
- ނޭޝަނަލް ސެޓްފިކެޓް 3 އިން އެއަރޕޯރޓް ރެޕްރެޒެންޓޭޓިވް
- ނޭޝަނަލް ސެޓްފިކެޓް 3 އިން އާރޓް ސްކިލްސް
- ނޭޝަނަލް ސެޓްފިކެޓް 3 އިން ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން
- ނޭޝަނަލް ސެޓްފިކެޓް 3 އިން އޮޓޯމޯޓިވް މެއިންޓަނަންސް
- ނޭޝަނަލް ސެޓްފިކެޓް 3 އިން ބަރިސްޓާ
- ނޭޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕިޔުޓަރ ހާރޑްވެއަރ
- ނޭޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިނަޓަނަންސް
- ނޭޝަނަލް ސެޓްފިކެޓް 3 އިން ފުޑް އެންޑް ބެވަރޭޖް ސަރވިސަސް
- ނޭޝަނަލް ސެޓްފިކެޓް 3 އިން ފަރުނީޗަރ ކާޕެންޓްރީ
- ނޭޝަނަލް ސެޓްފިކެޓް 3 އިން ގެސްޓްހައުސް އޮޕަރޭޝަންސް
- ނޭޝަނަލް ސެޓްފިކެޓް 3 އިން ފޮޓޯގްރާފީ
- ނޭޝަނަލް ސެޓްފިކެޓް 3 އިން ޕްރޮގްރާމިންގ
- ނޭޝަނަލް ސެޓްފިކެޓް 3 އިން ޓުއަރގައިޑިން
- ނޭޝަނަލް ސެޓްފިކެޓް 3 އިން ވެލްޑިންގ ޓެކްނީކްސް
- ނޭޝަނަލް ސެޓްފިކެޓް 3 އިން ފްރަންޓް އޮފީސް ސަރވިސަސް
- ނޭޝަނަލް ސެޓްފިކެޓް 3 އިން ކޮމާޝަލް ކުކަރީ
- ނޭޝަނަލް ސެޓްފިކެޓް 3 އިން ޕޭސްޓްރީ އެންޑް ބޭކަރ
- ނޭޝަނަލް ސެޓްފިކެޓް 3 އިން މެރިން މެކޭނިކްސް
- ނޭޝަނަލް ސެޓްފިކެޓް 3 އިން ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ މެކޭނިކް
- ނޭޝަނަލް ސެޓްފިކެޓް 4 އިން ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ މެކޭނިކް
- ނޭޝަނަލް ސެޓްފިކެޓް 3 އިން ކޭކް ޑެކަރޭޝަން
- ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނަންސް
- ނޭޝަނަލް ސެޓްފިކެޓް 4 އިން ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނަންސް
- ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނަންސް
- ނޭޝަނަލް ސެޓްފިކެޓް 3 އިން ޔުޓިލިޓީ ލެބޯރޓްރީ ޓެކްނީޝަން
- ނޭޝަނަލް ސެޓްފިކެޓް 3 އިން ފްލެބޮޓޮމީ
- އަތްތެރި މަސައްކަތުގެ ޤައުމީ ސެޓްފިކެޓް 1
- އަތްތެރި މަސައްކަތުގެ ޤައުމީ ސެޓްފިކެޓް 3
މޯލްޑިވްސް ޕޮލިޓެކްނިކުން ވިދާޅުވީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން މަސައްކަތް ދަސްކުރާނެ ޕްރޮގަރާމަކަށްވާތީ މި ޕްރޮގްރާމުގެ ދަށުން ހިންގާ ތަމްރީނުތަކުގައި ބައިވެރިވާނެ ފަރާތްތައް އިޙްތިޔާރުކުރާނީ ތަމްރީނުތައް ލިބެންހުރި ދާއިރާތައް ޢާންމުކޮށް އިޢުލާނުކުރުމަށްފަހު، އެޕްލިކޭޝަން ފޯމުތައް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތު މާހައުލުގައި ތަމްރީނު ފުރިހަމަކުރުމަށް ބޭނުންވާ މުއްދަތުގައި ތިބެވޭނެ ފަރާތްތައް ބަލައިގެންކަމަށެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ހިންގާ ތަމްރީނުތައް ފެށުމުގެ ކުރިން ތަމްރީނުތަކުގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކާއި ބައްދަލުކޮށް، އޮރިއެންޓޭޝަން ސެޝަނެއް ބޭއްވޭނެކަމަށާ، މި އޮރިއެންޓޭޝަން ސެޝަނުގައި މުޅި ޕްރޮގްރާމު ހިންގުމަށް ރާވާފައިވާ ގޮތާއި، ހާސިލްކުރަންޖެހޭނެ ހުނަރުތަކާއި، ފަރިތަކުރަންޖެހޭ ކަންކަމާއި، ތަމްރީންވުމުގެ މުއްދަތުގައި އުޅެންޖެހޭނެ މާހައުލާއި ބެހޭ މައުލޫމާތުދެވޭނެކަމަށެވެ.

ޕޮލިޓެކްނިކުން އިތުރަށް ވިދާޅުވީ މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ހުރިހާ އުމުރެއްގެ ދިވެހީންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައިކަމަށެވެ.
މިގޮތުން މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް އަދި ކުލަބު ޖަމިއްޔާ ޖަމާއަތް ތަކާއި ގުޅިގެން ޕޮލިޓެކްނިކުން ތަފާތު އެކި ދާއިރާތަކުން ކޯސްތައް ހިންގަމުން އަންނަކަން ވަނީ ފާހަގަކޮށްފައެވެ. އަދި މި ފަށާ ޕޮރޮގްރާމްތަށް ޕޮލިޓެކްނިކް އާއި ގުޅިގެން އަތޮޅުތެރޭގައި ކުރިޔަށްގެންދިއުމަށް ކައުންސިލްތަކާއި ޑަބްލިޔުޑީސީތަކާއި ޖަމިއްޔާ ޖަމާއަތް ތަކުގެ އިތުރުން ރިސޯޓްތަކަށާއި އެސްއޯއީތަކަށް ވެސް ފުރުސަތު ހުޅުވާލެވިފައި ވާކަމަށެވެ.









