Search Streamline Icon: https://streamlinehq.com

ޕީޖީއަކަށް އައްބާސް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

65e9c437 ed5e 4616 aafa 1b1d36befaeb

ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛް ޢައްބާސް ޝަރީފު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ޢައްބާސް ޝަރީފަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ހާޒިރުވެވަޑައިގެން ތިއްބެވި 85 މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދު މަޖިލީހުން ޕީޖީއަކަށް ރުހުންދެއްވި ހ. ޔެލޯ ރޯސް އަލްއުސްތާޛް ޢައްބާސް ޝަރީފަކީ ޤާނޫނީ ދާއިރާގައި 23 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ  1995ވަނަ އަހަރުން ފެށިގެން 1996 އާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެސިސްޓެންޓް ސެކްރެޓަރީ ޓްރެއިނީގެ މަގާމުވެސް ފުރުއްވާފައެވެ. އަދި އޭގެފަހުން  ޤާނޫނީ ދާއިރާއިން މެލޭޝިއާގައި ޑިޕްލޮމާ ހާސިލްކުރެެއްވުމަށްފަހު އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ބެޗެލަރސް ވެސް ޢައްބާސް ވަނީ ހާސިލްކުރައްވާފައެވެ.

2011ވަނަ އަހަރު ހައި ކޯޓުގެ ބެންޗަށް އައްޔަންކުރެއްވުމާ ހަމައަށް ޢައްބާސް ވަނީ ޤާނޫނީ ދާއިރާގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ލޯ ފާމްތަކާއެކު މަސައްކަތް ކުރައްވާފައެވެ.  ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވުމަށްފަހު 2015ވަނަ އަހަރު އެ މަގާމުން ރިޓަޔަރ ކުރެއްވީ އޭރުގެ ސިއްޙީ ހާލަތުގެ ސަަބަބުންނެވެ. ހައި ކޯޓުގެ ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވިނަމަވެސް ޢައްބާސް ގެންދެވީ ޤާނޫނީ ދާއިރާގައި އެކި ގޮތްގޮތުން ޚިދުމަތް ކުރައްވަމުންނެވެ.

ޢައްބާސް އެނބުރި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާގެ ލީގަލް އެފެއަރސް ސެކްރެޓަރީގެ ގޮތުގައެވެ. އެމަނިކުފާނަކީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (މިފްސާ)ގެ ބޯޑު މެންބަރެއްވެސްމެއެވެ. އަދި އަލްއުސްތާޛް ޢައްބާސް ޝަރީފަކީ ބާ ކައުންސިލްގެ ލައިސަންސާއި، ހައި ކޯޓާއި ސުޕްރީމް ކޯޓުފަދަ މަތީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ލައިސަންސްވެސް ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަކޮށްލަމެވެ.

Leave a Reply

Your email address will not be published. Required fields are marked *