ޗައިނާގެ ހުއާވޭ ކުންފުނިން ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ފޯރުކޮއްދިނުމަށް ”ސީޑްސް ފޮރ ދަ ފިއުޗަރ“ގެ ނަމުގައި ހިންގާ ޕްރޮގްރާމަގައި ދިވެހި 4 ދަރިވަރުން ބައިވެރިވެއްޖެއެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލުމާތު ޙިއްސާކުރުމަށާއި، ޕްރޮގްރާމަށް ހޮވުނު 4 ދިވެހި ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި މިއަދު ވަނީ ގައި ހަފްލާއެއް ބާއްވައިފިއެވެ.
މި ހަފްލާގައި، ”ސީޑްސް ފޮރ ދަ ފިއުޗަރ“ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ލިބުނު 4 ދަރިވަރުންގެ ނަން ޢިއުލާންކޮށް އެ ދަރިވަރުންނަށް މަރުހަބާ ދަންނަވާފައިވެއެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ފޯރުކޮއްދިނުމަށް ހުޅުވާލި މި ފުރުސަތު ލިބުނު ދިވެހި ދަރިވަރުންނަކީ
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރު، ޔޫސުފް މިޒާން މުޙައްމަދު،
- އެވިޑް ކޮލެޖްގެ ދަރިވަރު، ހަމްނާ ހުސައިން،
- ވިލާ ކޮލެޖްގެ އައިޝަތު އަލްޔާ
- ވިލާ ކޮލެޖްގެ އައިޝަތު މުޝީރާ
ހުއާވޭ އިން މި ދަރިވަރުންނަށް ”ސީޑްސް ފޮރ ދަ ފިއުޗަރ“ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދެއްވާފައިވަނީ އެ ދަރިވަރުންގެ ތަޢުލީމީ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހުގައި ކަމަށް އެކުންފުނިންވަނީ ބުނެފައެވެ.









