Search Streamline Icon: https://streamlinehq.com

ސަރުކާރަށް 10 މަސް: 234 ޒުވާން ޚަޠީބުން އުފައްދައިފި

Photo 2024 08 31 19 55 19 (2)

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން މިހާތަނަށް 234 ޒުވާން ޚަޠީބުން ތަމްރީންކޮށްފިއެވެ.

މި ސަރުކާރުން އިސްކަމެއްދީގެން ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ދެ ބެޗެއްް މިހާރު ކުރިއަށް ގެންގޮސްފައިވާއިރު، ފުރަތަމަ ބެޗުގައި 65 ޒުވާން ޚަޠީބުން އަދި ދެވަނަ ބެޗުގައި 169 ޒުވާން ޚަޠީބުންވަނީ ތަމްރީން ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފައެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު  ވިދާޅުވީ، ޒުވާން ޚަޠީބުން ޕްރޮގުރާމަކީ މިއަދު މުޖުތަމަޢުން ބަލައިގެންފައިވާ ޕްރޮގުރާމެއްކަމަށާއި، ރަށްރަށުގެ ކައުންސިލްތަކުން ޒުވާން ޚަޠީބުންނަށް މަރުޙަބާ ދަންނަވާ، ބޮޑެތި ޖަމާޢަތްތަކުގައި ނަމާދު ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވަމުން ގެންދަވާކަމަށާއި، މި ޕްރޮގުރާމަކީ ގިނަ ރަށްތަކަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ޕްރޮގުރާމެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުއާއެކު އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ބައެއް ރަށްތަކުގައި ޚަޠީބުން މުސްކުޅުކުރައްވާފައިވުމާއި އުމުރުން ދުވަސްވުމުގެ ސަބަބުން ޚަޠީބުންގެ ދަތިކަން ހުރިކަން ފާހަގަކުރެއްވުނު ކަމަށާއި، ޒުވާން ޖީލެއް މިކަމުގެ ތެރެއަށް ނެރެދެއްވުމަށް ފެއްޓެވި މި ޕްރޮގުރާމު ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށެވެ.

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަ ބެޗެއް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވެސް އިސްލާމިކް މިނިސްޓަރ ވަނީ މީގެ ކުރިން އިޢުލާން ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *