Search Streamline Icon: https://streamlinehq.com

ކުނިމެނޭޖްކުރުމަށް ބޭނުންކުރާ ވަސީލަތްތައް 18 ރަށަކަށް

912ad797 1c1b 4c65 b6b2 cab31ac928f5

ރާއްޖޭގެ ކުނިމެނޭޖްކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނެވިގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންއަންނަ މަސައްކަތުގެ ތެރެއިން ރާއްޖޭގެ 18 ރަށަކަށް ކުނި މެނޭޖްކުރުމަށް ބޭނުންކުރާ ވަސީލަތްތައް ދީފިއެވެ.

 މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނުގެ އެހީގައި ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް ދީފައިވަނީ ވަނީ ޒޯން 3 (އއ، އދ، ވ، އަދި ކ) ގެ 18 ރަށަކަށެވެ. މީގެ އިތުރުން ކުނި އެއްކުރަން ބޭނުންކުރާބިން އަދި ކުނިރައްކާތެރިގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން ވަނީ 15 ރަށަކަށް ހަވާލުކޮށްފައެވެ.

މިތަކެތި އެރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ސާފުރާއްޖެ ބިލްޑިންގް  ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ކުލައިމެޓްޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީ އޮނަރަބަލް ޠާރިޤް އިބްރާހިމްއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގައި ކުނި އުފައްދާ މިންވަރު އިންތިހާއަށް އިތުރުވަމުންއަންނަކަމުގައި ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކުންޏަކީ ދިވެހިރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮނޑު އެއްމައްސަލަކަމުގައިވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިއަދު ހަވާލުކުރެވުނު ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނެވި އުސޫލެއްގެ ތެރެއިން ރަށުފެންވަރުގައި ކުނި މޭނޭޖްކުރުމަށްވެސް އެމަނިކުފާނު ކައުންސިލްތަކަށް ގޮވާލައްވާފައިވެއެވެ.

މިއަދު ހަވާލުކުރެވުނު ވަސީލަތްތަކަކީ ކުނި މެނޭޖްކުރުމުގެ ޤާނޫން އަދި މަގޭސާފުރާއްޖެ ސިޔާސަތާއި ސްޓްރެޖީތަކާއި އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޒަމާނީ ފެންވަރަކަށް ކުނިމެނޭޖްކުރުމުގެ ވަކި މިންގަޑަކަށް ފެއްތުމުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަވާލުކުރެވުނު ވަސީލަތްތަކެކެވެ. މިރަސްމިއްޔާތުގައި އެކައުންސިލްތަކުގެ ރައީސުންނާއި ނާއިބުރައީސުން އަދި ކައުންސިލަރުންގެ އިތުރުން ރައްޔިތުންމަޖިލިސްގެ ބައެއް އިއްޒަތްތެރިންނާއި ވެމްކޯގެ ބައެއްއިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *