އަނެއްކާއިވެސް ކުޅުދުއްފުށި ސިޓީ މޮނިޓަރިން ޙަލަތަށް ގެންގޮސްފި އެވެ.
މިފަހަރު ކުޅުދުއްފުށި ސިޓީ މޮނިޓަރިންނަށް ލައިފައި މިވަނީ ކުޅުދުއްފުއްޓާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުޅުދުއްފުށި ސިޓީ މޮނިޓަރިން ހާލަތަށް ގެނައީ ކުޅުދުއްފުށީ ފުލޫ ކްލިނިކަށް މިއަދު ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކަ އެވެ.
ކުޅުދުއްފުށީ ސިޓީ މޮނީޓަރިންގެ ޙާލަތަށް ގެނެސްފައިވަނީ 09 ޖޫން ދުވަހު 23:53 ގައެވެ.
ކުޅުދުއްފުށި ސިޓީގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން އެ ސިޓީއިން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު އެ ސިޓީއަށް އެރުން ވަނީ މަނާކުރައްވާފައެވެ.
ފެންވަރަށް މައުލޫމާތު ލިބިފައިވާގޮތުގައި ކުޅުދުއްށި ސިޓީން ޕޮޒިޓިވްވީ މީހާ އަކީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެކެވެ. އަދި އެ މީހާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ފުލޫ އޯޕީޑީއަށް ދައްކާފައިވަނީ ކޮވިޑްގެ އަލާމާތްތައް ހުރެގެންނެވެ.
މީގެކުރިންވެސް ކުޅުދުއްފުށި ސިޓީއާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓު ފަހަރުގެ ފަޅުވެރިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. މީގެ ކުރިން އެތައްފަހަރަކު އެ ސިޓީ މޮނިޓަރިންގއަށް ލާފައި ވާއިރު އެންމެ ފަހުން ކުޅުދުއްފުށި ސިޓީ މޮނިޓަރިންގއަށް ލާފައިވަނީ މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު އެވެ.









