ހޮނިހިރު ދުވަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ސްރީލަންކާގެ އިންތިޚާބީ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި، ސްރީލަންކާގެ އިންޚާބީ ރައީސްގެ ލީޑަރޝިޕްގެ ދަށުން ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި އެ މަނިކުފާނަށް އިންތިޚާބުން ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ އިންތިޚާބީ ރައީސް ދިސާނަޔަކަގެ ކުރިއަށް އޮތް ރިޔާސީ ދައުރުގައި، އެމަނިކުފާނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.









