Search Streamline Icon: https://streamlinehq.com

ވޭސްޓު މެނޭޖްމަންޓުގެ މުވައްޒަފުން ހޭލުންތެރިކުރުމަށް އަރުތަ ޕްރޮގުރާމެއް

Arhutha Police

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ‘’އަރުތަ“ ޕްރޮގްރާމް މާލޭ ސިޓީގެ ވޭސްޓު މެނޭޖްމަންޓުގެ މުވައްޒަފުންނަށް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގުރާމަކީ ކުށްމަދު އަމާން ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ފަރުދީގޮތުން އަދާކުރެވިދާނެ ޒިންމާ އަދާކުރުމަށް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ‘’އަރުތަ“ ޕްރޮގްރާމެވެ.

Police
މާލޭ ސިޓީގެ ވޭސްޓު މެނޭޖްމަންޓް މުވައްޒަފުންނަށް ކުރިއަށްގެންދިޔަ ޕްރޮގުރާމްގެ ތެރެއިން—ފޮޓޯ/ޕޮލިސް

ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި މަހު 11 ވަނަ ދުވަހުއެވެ.

އިމާދުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، އެކި ދާއިރާތަކުން މައުލޫމާތުދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި އެއްގަމު އުޅަނދު ދުއްވުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމުގެ މައުލޫމާތުދީފައި ވެއެވެ. އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ މައުލޫމާތުދީފައި ވެއެވެ. އަދި ގެވެށި އަނިޔާ، ޖިންސީ ފުރައްސާރަ ނުވަތަ ޖިންސީ ގޯނާގެ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތްތައް ކިިޔައިދީފައިވެއެވެ.

މާލޭ ސިޓީގެ ވޭސްޓު މެނޭޖްމަންޓް މުވައްޒަފުންނަށް ކުރިއަށްގެންދިޔަ ޕްރޮގުރާމްގެ ތެރެއިން—ފޮޓޯ/ޕޮލިސް

އޭގެ އިތުރުން، ދިރިއުޅުމުގެ އަދަބުތަކާއި އޮފީސް މާހައުލުގައި ދިމާވާ ކަންކަމާ ކުރިމަތިލައި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތުދީފައި ވެއެވެ. އަދި ލީޑަރޝިޕް ހުނަރުތައް، ކްރިޓިކަލް ތިންކިންގ އާއި އޮފީސް މާހައުލުގައި ދިމާވާ ކަންކަމުގެ ސަބަބުން އަމިއްލަ ނަފުސަށް ލިބޭ ހާސްކަމާއި ކުރެވޭ ފިކުރުތަކުން ފަސޭހަކަމާއެކު ދުރަށްދާނެ ގޮތްތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ. ހަމަ އެހެންމެ ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމުގައި ގޮތް ނިންމުމަން ފަސޭހަވާނެ ގޮތްތަކާއި ނިންމުންތައް ނިންމާއިރު ވިސްނަންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދިވެސް އޭގެ އިތުރުން، 21 ވަނަ ގަރުނުގައި ދަރީން ތަރުބިއްޔަތުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ނަމޫނާ ބެލެނިވެރިޔަކަށްވުމަށް، ބެލެނިވެރިޔާގެ ކިބައިގައި ހުންނަންވާނެ ސިފަތަކާއި ދަރީންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލުމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެއްބަޔަކު އަނެއް ބަޔަކާ މުއާމަލާތުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި މުޖުތަމައުގައި ޒިންމާދާރު ބަޔަކަށްވުމަށް މަސައްކަތްކުރާނެ ގޮތްތަކުގެ އިތުރުން އެކި ގޮތްގޮތުން ކުރިމަތިވާ ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް މަސައްކަތްކުރާނެ ގޮތްތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ. އަދި ބުއްދިވެރި އިންސާނެއްގެ ސިކުނޑިން ވިސްނާނެ ގޮތްތަކުގެ މައުލޫމާތާއި ތޫނުފިލި ވިސްނުމަކީ ކޮބައިކަމާއި ވިސްނުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައުލޫމާތުގެ އިތުރުން ތޫނުފިލި ވިސްނުން ތަރައްގީކުރާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މާލޭ ސިޓީގެ ވޭސްޓު މެނޭޖްމަންޓް މުވައްޒަފުންނަށް ކުރިއަށްގެންދިޔަ ޕްރޮގުރާމްގެ ތެރެއިން—ފޮޓޯ/ޕޮލިސް

މި ޕްރޮގްރާމް ނިންމައިލާފައިވަނީ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމަށް ކުރިއަށް ގެންދިޔަ ޓީމް ބިލްޑިންގ ހަރަކާތްތަކަކާ އެކުގައެވެ.

މި ޕްރޮގްރާމުގައި ވޭސްޓް މެނޭޖްމަންޓުގެ އިސްވެރިންނާއި މުވައްޒަފުން ހިމެނޭހެން 113 މުވައްޒަފުން ބައިވެރިވިއެވެ.

ވޭސްޓް މެނޭޖްމަންޓުގެ ވިލިމާލޭގެ މުވައްޒަފުންނަށް މި މަހު 18 ވަނަ ދުވަހު މި ޕްރޮގްރާމުކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ

Leave a Reply

Your email address will not be published. Required fields are marked *