ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް މުވައްޒަފުންނަށް، ފޮރެންސިކް ފިންގަރޕްރިންޓް ފޮޓޯގްރަފީ ވޯކްޝޮޕެއް ފަށައިފި އެވެ.
ފުލުހުން ހާމަކުރެއްވިގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް ގުޅިގެން ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި، މީހުން ދެނެގަތުމަށް ފިންގަރޕްރިންޓު ފޮޓޯ ނަގާނެ ފަހުގެ އީޖާދީ އުކުޅުތައް ދަސްކޮށްދޭނެ އެވެ.
މިއަދުން ފެށިގެން މި ހިނގާ އޮކްޓޫބަރު މަހުގެ 18 އަށް ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި، މާލެއާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ކްރައިމް ސީން އޮފިސަރުންނާއި ފިންގަރޕްރިންޓް އެނަލިސްޓުން ހިމެނޭހެން 17 ފުލުހުން ބައިވެރިވެ އެވެ.
މި ވޯކްޝޮޕްގައި ކިޔަވައިދެއްވަނީ ޔޫއެސްގެ ތަޖުރިބާކާރެއްކަމުގައިވާ ފޮރެންސިކް ސްޕެޝަލިސްޓް ތޯމަސް ކިމްބްރިއެލް އެވެ.









