މާޅޮސްމަޑުލު އުތުރުބުރި އަތޮޅު ކައުންސިލުން ބާއްވާ ހޭންޑްބޯޅަ މުބާރާތް (އަރުތަ ހޭންޑްބޯޅަ 2024) ގެ ފައިނަލުގައި ދުވާފަރާއި ބައްދަލްކޮށް ވާދަވެރިކުޅުމަކަށްފަހު ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށް ކިނޮޅަސް މުބާރާތުގެ ޗެންޕިއަން ހޯދައިފިއެވެ.
ދުވާފަރާއި ކިނޮޅަށް ބައްދަލުކުރިމެޗު ކިނޮޅަސް ކާމިޔާބުކޮށްފައިވަނީ 15-22 ގެ ނަތީޖާއަކުން ނެވެ.
މި މުބާރާތުގައި ދުވާފަރު ފައިނަލުން ޖާގަހޯދާފައިވަނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 11-13 ގެ ނަތީޖާއަކުން މަޑުއްވަރީ ބަލިކުރުމަށްފަހުގަ އެވެ. އަދި ކިނޮޅަސް ފައިނަލުން ޖާގަ ހޯދާފައިވަނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި 09-13 ގެ ނަތީޖާއަކުން މީދޫ ބަލިކުރުމަށްފަހުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ކިނޮޅަސް އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަ ޕޮއިންޓްގެ ލީޑަކާއެކު 13-07 ގެ ނަތީޖާއަކުން ކިނޮޅަސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު ނުވަ ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ދުވާފަރުން ވެސް އިތުރު އަށް ލަނޑު ކާމިޔާބުކުރިއެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިނޮޅަސް ޓީމުގެ ފާތުމަތު ރީމާ އެވެ.
ރ. މީދޫ އެކުވެރި ކުލަބުން އިންތިޒާމުކޮށް މީދޫގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި މިއަހަރު ޖުމްލަ ނުވަ ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި ނުވަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.













