Search Streamline Icon: https://streamlinehq.com

ވެލިދޫ ގެއެއްގައި އަލިފާން ރޯވެ، ހިފާ ގެންގުޅޭ ހުރިހާ އެއްޗެއް އަނދާ އަޅިޔަށްވެއްޖެ

582218617 826825400053453 4270752875950646061 N

ނ. ވެލިދޫގައި މިއަދު މެންދުރުފަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ރަށު ”ދިވެހި“ ނަމަކަށް ކިޔާ ގެއެއް މުޅިން ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެއްޖެއެވެ.

މި ހާދިސާގައި ގޭތެރޭ ހުރި ހިފާ ގެންގުޅޭ ހުރިހާ ސާމާނެއް ވެސް ވަނީ އަނދާ އަޅިޔަށްވެފައެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާނުގެ ހޫނުގައި ގޭގެ ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެތެރޭގެ ބައެއް ފާރުތައް ވެއްޓި އަދި ބައެއް ފާރުތަކުގައި ރެނދުލާފައިވެއެވެ. އަދި ސީލިން ހިމެނޭހެން ގޭތެރޭގެ ހުރިހާ ސާމާނެއް ވަނީ އަނދާ ހުލިވެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެލިދޫން ކައުންސިލުގެ ރައީސް އާތިފް ހުސައިން ވަނީ ބުނެފައެވެ. އަލިފާން ރޯވިއިރު އެ ގޭގައި މީހުން ތިބީ އަތިރިމައްޗަށް ގޮސްއެވެ. ގޭގައި އެއްވެސް މީހަކު އެވަގުތު ނޫޅެއެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު އެ ގެ ވަނީ މީހުން ދިރިނޫޅެވޭ ވަރަށް އަނދާ ހަލާކުވެފައި ކަމަށާއއަލިފާން ނިއްވުމަށް ރަށު ކައުންސިލްގައި ބޭނުންކުރާ ޕަންޕު ހަލާކުވެފައި ހުރުމުން، ވެލިދޫ ކައިރީގައި އޮންނަ ރަންދެލި ރިސޯޓުން ޕަންޕެއް ގެނެސްގެން ރައްޔިތުންނާއި ރިސޯޓު މުވައްޒަފުން ވެގެން އަލިފާންގަނޑު ނިއްވާލީ ކަމަށް އެރަށުން ވަނީ މައުލޫމާތު ލިބިފައެވެ.

އަލިފާން ރޯވި ގޭގައި ދިރިއުޅެމުން ދިޔަ އަށެއްކަ މީހުންނަށް މިހާރު ވަގުތީ ގޮތުން އެހެން ގެޔަކަށް ބަދަލުކޮށް، އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *