Search Streamline Icon: https://streamlinehq.com

ތުރުކީވިލާތުގެ އަސްކަރީ އުޅަނދެއް ވެއްޓުމުގެ ހާދިސާއާ ގުޅިގެން އެޤައުމުގެ ރައީސަށް ރައީސް މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ

Turki

ތުރުކީވިލާތުގެ އަސްކަރީ އުޅަނދެއް ވެއްޓި، ހިނގާދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާނަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާ ކުރެއްވި މެސެޖުގައި ވަނީ، އެ ހާދިސާގައި ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެ، އެފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށާއި، ޢާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައެވެ. އަދި މިހާދިސާގައި ގެއްލިފައިވާ ފަރާތްތައް ހޯދުމަށް ތުރުކީވިލާތުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބުވުމަށް އެމަނިކުފާނު އެދިވަޑަގެންފައިވެއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެ، ތުރުކީވިލާތުގެ އުޚުއްވަތްތެރި ރައްޔިތުންނާއެކުގައި ތިބިކަން ހާމަ ކުރައްވަމުންނެވެ

Leave a Reply

Your email address will not be published. Required fields are marked *