ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ފަރުކޮޅުފުށީގައި ހުރި ޢީމާރާތެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަަޔަރފައިޓަރުން ގޮސް އަލިފާންގަނޑު ނިއްވާލާފައިވާކަމުގައެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތު ލިބިލައްވާފައި ނުވާކަމުގައެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 13:00 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ހާމަކުރައްވައެވެ.
މަޢުލޫމާތުލިބިފައިވާގޮތުގައި އަލިފާންރޯވި ޢިމާރާތަކީ އެރަށުގައި ކުރިން ރިސޯޓު ހިންގި އިރު ބޭނުންކުރި ދުވަސްވީ އިމާރާތެއްގައެވެ.
ހުޅުމާލެއާއި ގހުޅިފައިވާ ފަރުކޮޅުފުށީގެ ހުރިހައިކަމެއް ބަލަހައްޓަމުން ގެންދަވަނީ އެޗްޑީސީންނެވެ









