Search Streamline Icon: https://streamlinehq.com

އިލެކްޝަން ކޮމިޝަންގެ ރައީސް، ޝަރީފް އިސްތިއުފާ ދެއްވައިފި

EC Shareef

އިލެކްޝަން ކޮމިޝަންގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި އެކޮމިޝަންގެ މެމްބަރު އަޙުމަދު ޝަރީފު އެ ކޮމިޝަންގެ ރައީސް ކަމުގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަޤާމުން އަޙުމަދު ޝަރީފު މިއަދު އިސްތިއުފާދެއްވި އިރު އެމަނިކުފާނުވަނީ އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ.

އިލެކްޝަން ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2008/8) ގެ 10 ވަނަ މާއްދާގެ(ހ)ގައިވާ ބަޔާންކޮށްފައި ވަނީ ކޮމިޝަނުގެ މެންބަރެއްގެ މަޤާމު ހުސްވިކަމަށް ބެލެވޭނެ ހާލަތްތަކެވެ. އެގޮތުން (ހ) ގެ 2 ވަނަ ނަމްބަރުގައިވާގޮތުން މެންބަރަކު އިސްތިއުފާ ދިނުމުން އެ މަޤާމު ހުސްވީއެވެ.

ތ.ތިމަރަފުށި މާލޭގެ، އަޙްމަދު ޝަރީފު އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ މާރިޗް ގައި ފަސް އަހަރުގެ ދައުރަކަށެވެ.

އިލެކްޝަން ކޮމިޝާންގެ ރައީސް ކަމާއި އެ ކޮމިޝަންގެ މެމްބަރުކަމުން ޝަރީފު އިސްތިއުފާ ދެއްވިކަން ޓުވީޓަކުން މިއަދު ހާމަކުރައްވާފައިވާއިރު އެމަނިކުފާނުގެ ދައުރުގައި ބާކީ ދެއަހަރު އަދި އެބަ އޮތެވެ.

”އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމުން މިއަދު އަޅުގަނޑި އިސްތިއުފާ ދީފިން. ވޭތުވެދިޔަ ތިން އިންތިޚާބުގައި އިޚްލާޞްތެރި ކަމާއި އަމާނާތްތެރި ކަމާއެކު މަސައްކަތް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުން ލިބުނު. އަދި ކުރިމަގުގައިވެސް ރައްޔިތުންގެ ޚިދުމަތުގައި ފެންނާނެ އިންޝާﷲ.“ ޝަރީފު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *