Search Streamline Icon: https://streamlinehq.com

ކުރިޔަށް އޮތް ރޯދަމަހުގެ ކަރަންޓު ބިލް 400 އަށް ވުރެ ބޮޑެއް ނުވާނެ: ރައީސް

Breaking News Fenvaruonline

ކުރިޔަށް ރަމަޟާން މަހު ބޭނުންކުރާ ކަރަންޓު ބިލުގެ އަދަދު400 ރުފިޔާއަށްވުރެ ބޮޑު ނުވާނެ ކަމަށާއި ބޮޑުވާ ބައި ސަރުކާރުން ޑިސްކައުންޓު ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ”ދިވެހީންގެ ރާއްޖެ“ ބޮޑު ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ ރޯދަމހުގެ ކަރަންޓު ބިލް ބޮޑުވެގެން ޝަކުވާ ކުރަން ނުޖެހޭ ކަމަށާއި ކޮންމެ ގޭބިސީއަކު ބިލުންވެސް400 ރުފިޔާއަށްވުރެ ބޮޑުވާ ބައި ސަރުކާރުން ޑިސްކައުންޓެއްގެ ގޮތުގައި ދޭނެ ކަމަށެވެ.

”މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މަސްދަޅު ކޭސް ލިބޭނެ. ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400ރ. ބާކީ ބަޔަކީ ޑިސްކައުންޓް،“. ރައީސް ވިދާޅުވިއެވެ.

މިދިޔަ ރަމަޞާންމަހު ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅުކޭސް ބަހާފައެވެ. އެގޮތުން ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ވަނީ ހަދިޔާކޮށްފައެވެ. އެއީ މާލޭގެ ގޭބިސީތަކަށް 50،519 މަސްދަޅު ކޭހެވެ. އަދި އަތޮޅުތަކުގެ 60،712 ގޭބިސީއަކަށް ހަދިޔާކުރި މަސްދަޅުކޭސް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ކަރަންޓު ބިލުން ޑިސްކައުންޓްވެސް ވަނީ ދެއްވާފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *