Search Streamline Icon: https://streamlinehq.com

ހުޅުމާލޭ ބާ އިންޖީނުގޭގައި މަސައްކަތްކުރަމުން ދަނިކޮށް މުވައްޒަފަކު ފިހިއްޖެ

Hulhumale hospital cover

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މަސައްކަތް ކުރަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ކުންފުނީގެ މުވައްޒަފަކު ފިހި، އެކިވަރުގެ އަނިޔާތަކެއް ލިބިއްޖެއެވެ.

މި ހާދިސާއާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ވަނީ ކަރަންޓު ކެނޑިފައެވެ.

ސްޓެލްކޯއިން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއާ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށެވެ. މިކަމުގެ ސަބަބުން އަލިފާން ރޯވެ، އެ ހާދިސާގައި އެ ކުންފުނީގެ މުވައްޒަފަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، މިހާރު އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން، މިއަދު މާލެއާއި ހުޅުމާލޭގެ ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސްޓެލްކޯއިން މައުލޫމާތު ދެއްވި ގޮތުގައި، ހުޅުމާލޭ ބާ އިންޖީން ގެ (އެނެކްސް 1) ގެ މީޑިއަމް ވޮލްޓޭޖް ޕެނަލް އަކަށް ދިމާވި މައްސަލައަކާއި ގުޅިގެން، މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑާތައް ވަނީ އޮފްވެފައެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން އާންމު ހަޔާތަށް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. ނަމަވެސް ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް އަދިވެސް ކަރަންޓު ލިބިފައެއް ނުވެއެވެ. ސްޓެލްކޯއިން ވިދާޅުވީ، ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށް ފީޑާތައް އޮން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *